އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރު ވެއްޖެއެވެ.
މި ނަތީޖާއާއި އެކު މިވަތު ނޮޓިންހަމް ފްރެސްޓް އޮތީ 61 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ. ކްރިސްޓަލް ޕެލަސް އޮތީ 46 ޕޮއިންޓާއެކު ތާވަލުގެ ބާރަ ވަނައިގައެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑެއްޖަހާ ކުރިހޯދީ މެޗުގެ 60 ވަނަ މިނިޓްގައި ކްރިސްޓަލް ޕެލަސްގެ އެބެރޭޗީ އެޒޭއެވެ. އޭގެ ހަތަރު މިނިޓްފަހުން ފޮރެސްޓުގެ ބްރެޒިލް ތަރި މުރީޔޮ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ.
ދެޓީމުންވެސް ޕްރެޝަރު ބޮޑުކޮށް ކުޅެމުންދިޔަ މި މެޗުގައި އިތުރު ވަގުތުގެ ގޮތުގައި 8 މިނިޓް ކުޅެފައިވާއިރު 92 ވަނަ މިނިޓްގައި ޕެލަސްގެ އެޒޭ ވަނީ ނޮޓިންހަމްގެ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ބޯޅަ ފޮނުވާލާފައެވެ. އެހެންނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ރޭގެ މެޗުގައި އެދެވޭ ނަތީޖާއެއް ނުނެރެވި ދެ ޓީމު އެއްވަރުވުމާއެކު ނޮޓިންހަމް ފޮރެސްޓަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ ފުރުސަތު ހަނިވެފައެވެ.