ތުރްކިޔޭގެ އިސްތާންބުލްގައި ބާއްވާ 11 ވަނަ "ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025" ގައި، ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 26 އިން 29 އަށެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަނެ ވިއްކުމުގެ ފުރުސަތު، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވިފައިވާކަމުގެ މައުލޫމާތު "ދަ ގެނެރަލް ސެކްރެޓްރިއަޓް އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައި.އޯ.ސީ)" އިން ހިއްސާކޮށްފައިވާކަމަށެވެ. އަދި މިއެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ ފުރުޞަތެއްކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް، އަދި އެކްސްޕޯއާއި ގުޅޭ އިތުރު މައުލޫމާތު helalexpo.com.tr އިން ލިބިވަޑައިގަންނަވާނެއެވެ. ހަލާލް އެކްސްޕޯ އަކީ ހަލާލް ކާބޯތަކެއްޗާއި ފަތުރުވެރިކަމާ ރީތިވާ ސާމާނުފަދަ އެކި ދާއިރާތަކުގައި ހިންގާ ކުންފުނިތަކާއި އިންވެސްޓަރުންނާއި ޕްރޮފެޝަނަލުން އެއްތަނަކަށް އެއްތަނަކަށް އެއްވާ ބައިނަލްއަޤްވާމީ ފެއަރއެކެވެ.