ކުޅިވަރު

ނޭކުރެންދޫ ހޭންޑްބޯޅަ ކޯޓު ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ހޭންޑްބޯޅަ ކޯޓު ހުޅުއްވައިދެއްވައިފިއެވެ.

ނޭކުރެންދޫ ހޭންޑްބޯޅަ ކޯޓު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުއާއި ސަރުކާރުގެ ބައެއް އިސްވެރިންގެ އިތުރުން އެރަށުގެ ކައުންސިލްގެ ބޭފުޅުންވެސްވަނީ ބައިވެރިވެވަޑައިގަންފައެވެ.

މި ދަނޑަކީ ސަރުކާރުގެ ފަރާތުން އަމިއްލަ ކުންފުންޏަކާ ހަވަލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަހުން ނިމުނު މި މަޝްރޫޢާއެކު، ނޭކުރެންދޫއަށް ކުޅިވަރު ދާއިރާއިން ބޮޑު ކުރިއެރުމެއް އަންނާނެއެވެ.

ނޭކުރެންދޫގެ ކުޅިވަރު ތަރައްގީއަށް މިލިބުނު އައު ކުރިއެރުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެރަށު ކައުންސިލުގެ ރައީސް އަލީ ސިރާޖް ވިދާޅުވީ އެރަށަކީ ހޭންޑްބޯޅައަށް ފޯރިދޭ ރައްޔިތަކު ދިރިއުޅޭ ރަށެއްކަމަށެވެ. އަދި ހޭންޑްބޯޅަ މުބާރާތްތައްވެސް ކޮންމެ އަހަރަކުހެން ބޭއްވޭއިރު، މިހުޅުވުނު އައު ކޯޓާއެކު ކުޅުންތެރިންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މި ކޯޓުގެ ސަބަބުން ކުރިން އުފުލި ބުރަތައް ފަސޭހަވެގެން ހިނގައްޖެ. ރާއްޖޭގެ އެހެން ހިސާބުތަކުގައި އޮންނަ މުބާރާތްތަކުންވެސް ދެން މިރަށުގެ ކުދިން ފެނުން އުންމީދަކީ. މިކޯޓަކީ ރަށަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް އަދި އުންމީދެއް. އުންމީދަކީ މިކޯޓުގެ ބޭނުންހިފާ ރަށުން މޮޅެތި ކުދިންތަކެއް އުފެދިގެން ދިއުން" ސިރާޖް ވިދާޅުވިއެވެ.

ކައުންސިލުގެ ރައީސް ވިދާޅުވީ މިހުޅުވުނު އައު ކޯޓާއެކު ގިނަ އުންމީދުތަކެއް އައުވެއްޖެކަމަށެވެ. މިގޮތުން ރަށުގެ ކުޅުންތެރިން އެހެނިހެން ރަށްރަށުގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރުމަށް މިފުރުސަތުގެ ބޭނުންހިފާނެކަމަށް އޭނާ ގަބޫކުރައްވައެވެ. އައު ކޯޓާއެކު މުބާރާތްތަކަށް ފަރިތަކުރުމުގެ އިންތިޒާމު ފަސޭހަވެއްޖެކަމަށާ، މި ކޯޓުގެ ސަބަބުން އެރަށުން އުންމީދީ އައު ކުޅުންތެރިން އުފެދިގެންދާނެކަމަށް ސިރާޖު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގައިދަނީ ކުޅިވަރުގެ ގިނަގުނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ހިނގަމުންނެވެ. އޭގެ ތެރެއިން ބައެއް މަސައްކަތްތައް ނިމިފަވާއިރު ދެން ހުރި މަޝްރޫޢުތަކުގެ މަސައްކަތްވެސް ހަލުވިދުވެލީގައި ކުރިއަށް އެބަދެއެވެ.