މަސްތުވާތަކެތީގެ މައްސަލައެއްގައި މ.މުލިން މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓާއެކު މ. މުލިން ހައްޔަރުކުރީ، ރުއްކަރަ، މ.މުލީ އުމުރުން 33 އަހަރުގެ ނައުފަލް އަޙްމަދު ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މ. މުލިން އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހު މުލީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު އޭނާގެ ޢަމަލުތައް ހުރިގޮތުން ހުއްޓުވައި، ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ބެލެވޭ ރަަރުތަކެއް ފެނުމުން ކަމަށެވެ.
މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުުހުން ދަނީ ތަހުގީގު ކުރަމުންނެވެ.