ޚަބަރު

ރަޝިޔާއަށްއައި ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ


  • ބިން ހެލުންއައީ މިއަދު ރާއްޖެ ގަޑިން ހެނދުނު 07:37 ހާއިރު

  • ރަޝިޔާގެ ކަމްޗަޓްކާ ކައިރިއަށް ބިންހެލުން އައިސްފައިވަނީ 7.2 މެގްނިޓިއުޑްގެ ބާރު މިނުގަ

ރަޝިޔާގެ އިރު އުތުރުގެ އައްސޭރީގައި އޮންނަ ކަމްޗަޓްކާ ކައިރިއަށްއައި ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އިރު އުތުރު އައްސޭރި، ކަމްޗަޓްކާއަށް އައީ 7.2 މެގްނިޓިއުޑްގެ ބާރު މިނުގައެވެ.

އެސަރަހައްދަށް ބިންހެލުން އައިސްފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން ހެނދުނު 07:37 އެހާއިރުއެވެ. ބިން ހެލުން އައި ސަރަޙައްދަކީ މާލެއާ 4921 ކިލޯ މީޓަރުގެ ދުރު ސަރަޙައްދެކެވެ.

.

ރޮއިޓަސް ވާގޮތުން ރަޝިޔާގެ ކަމްޗަޓްކާ ސަރަހައްދުގެ އިރުމަތީ އައްސޭރިފަށަށް ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު އަޑިއަށް ކަމަށް ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޮސައިންސަސް އިން ބުނެފައިވެއެވެ.

މީގެ އިތުރުން ޕެސިފިކް ސުނާމީ ވަރނިންގ ސިސްޓަމުން ބުނެފައިވަނީ ބިންހެލުމުގެ ސަބަބުން ސުނާމީ އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.