ޚަބަރު

ނޮޅިވަރަންފަރު ހައުސިންގ ޔުނިޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި


  • ސޮއިކުރުން ކުރިއަށްދާނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް

  • ސޮއިކުރުން ކުރިއަށްދާނީ އިމާރާތްކުރުމާ ބެހޭ ވުޒާރާ ކުރިން ހުރި ސަރަޙައްދުގައި

ހދ. ނޮޅިވަރަންފަރުގައި އިމާރަތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު ފަށާފިއެވެ.

އިމާރާތްކުރުމާއު ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ ހދ. ނޮޅިވަރަންފަރުން ހައުސިންގ ޔުނިޓު ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކާއެކީ ސޮއިކުރުމުގެ އިންތިޒާމް މިމަހުގެ 18ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00އިން މެންދުރުފަހު 1:30އަށް އެވުޒާރާ ކުރިން ހިންގި އިމާރާތް ހުރި ބިމުގައި ކުރިއަށްދާނެ ކަމަށެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކަށް ގުޅަމުން ގެންދާނެކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ. މިއީ އެއްބަސްވުމުގައި ސޮއިކުރުމަށް ލިބޭ ފަހު ފުރުޞަތުކަމަށްވެސް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ނޮޅިވަރަންފަރުގައި ތަރައްޤީކޮށްފައިވާ ހައުސިން ޔުނިޓުތައް ރަސްމީކޮށް އެރަށު ކައުންސިލާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުއެވެ. މި ހައުސިންގ ޔުނިޓުތައް ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކުރަނީ ގެދޮރުވެރިކަމާބެހޭ ވުޒާރާއިންނެވެ.