ޚަބަރު

ނިމުނު ހަފްތާ: ބޯހިޔާވަހިކަމަށް މުހިންމު ނިންމެވުންތަކާއެކު، ތަރައްގީގެ މުހިންމު މަސައްކަތްތަކެއް


  • އދ. އަތޮޅުގެ 10 ރަށަކަށް ރައީސް ވަޑައިގެންނެވި

  • ޓްރޭޑްނެޓް ކުންފުނީގެ ނަން ބަދަލުކުރެއްވުމަށް ނިންމެވި

  • އައްޑޫ ކައުންސިލް އެކުލަވާ ގޮތަށް ބަދަލު ގެންނެވުމަށް ރައީސް ޤަރާރަކުން ނިންމި

ނިމުނު ހަފްތާ ތެރޭގައި ސިޔާސީ، އިޤްތިޞާދީ ދާއިރާން މުހިންމު ބައެއް ނިންމުންތައް ނިންމާފައިވެއެވެ.

ރައީސް ރައްޔިތުންނާއި ގާތަށް: އދ. އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަން

ނިމުނު ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެމަނިކުފާނު މިމަހުގެ 6 އިން 8 އަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ 10 ރަށަކަށް ވަޑައިގެންނެވިއެވެ. އެމަނިކުފާނު ވަނީ މި ރަށްތަކަށް ވަޑައިގެން، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނު އައްސަވައި އެރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްކުގެ އަދާހަމަ ރައްޔިތުންނާއި ހިއްސާކޮށްދެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ދަތުރުޅުގެ ތެރެއިން ރަށްރަށުގެ ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފަށްޓަވައި ދެއްވާ، މަސައްކަތް ނިމިފައިވާ ބައެއް ތަންތަނުގެ ޚިދުމަތް ފަށްޓަވައި ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުހިންމު ނިންމެވުންތަކެއް

ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުގެ އިތުރުން، ނިމުނު ހަފްތާގައި އެމަނިކުފާނު ވަނީ ބައެއް މިހިންމު ނިންމެވުންތައްވެސް ނިންމަވާފައެވެ. އެގޮތުން ބޯހިޔާވަހިކަމަށް ރައްޔިތުންގެ ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި ޚާއްސަ މަޝްރޫޢެއް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުން ފާހަގަކޮށްލެވެއެވެ. އަދި އައްޑޫސިޓީ ކައުންސިލް އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމަނިކުފާނުގެ ޤަރާރަކުން ނިންމެވިއެވެ. މި ވޯޓު މިމަހުގެ 25 ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ޓްރޭޑްނެޓްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ އަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ސިޔާސީ އަދި އިޤްތިޞާދީ ދައިރާގައި ހިންގައި ދިޔަ މުހިންމު ކަންކަން

މީގެ އިތުރުން ސިޔާސީ ދައިރާއިން ފާހަގަކޮށްލެވޭ ކަންކަމަށް ބަލާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިބްރާހިމް އަފީފާއި ޝައުފާ އިބްރާހިމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މީޑިއާ ކޮމިޝަނަށް މީޑިއާ ކޮމިޝަން، ބްރޯޑްކާސްޓަރުންނާއި މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިޚާބަކާނުލާ ހޮވިފައިވަނީ މިދިޔަ ހަފްތާގައެވެ. އަދި ވެންޓިލޭޓަރ މައްސަލައިގައި ދިވެހި ދައުލަތަށް 37 މިލިޔަން ރުފިޔާ ދައްކަން ދުބާޢި ކޯޓަކުން ނިންމި ޚަބަރުވެސް ހިމެނެއެވެ.

ނިމުނު ހަފްތާގައި ފާހަގަކޮށްލެވޭ އެހެން ޚަބަރުތަކަށް ބަލާއިރު، ގެދޮރުވެރިޔާ ސްކީމުގެ މާކްސް ހަމައަށް ލިބި ފްލެޓް ކަނޑައަޅާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލާން ވަނީ ފަށީވެސް މިދިޔަ ހަފްތާފައެވެ. މީގެ އިތުރުން މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލް ކުރުމަށް ރީޝަމް މުޙައްމަދު އައްޔަން ކޮށްފައިވާ ޚަބަރަކީވެސް މިދިޔަ ހަފްތާގައި ފާހަގަކޮށްލެވުނު ޚަބަރެކެވެ.

އިޤްތިޞާދީ ދައިރާއިން ފާހަގަކޮށްލެވުނު ކަންކަމަށް ބާލާއިރު ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ކުރުމުގެ ޝަރުތުތައް، ފޮރިން އިންވެސްޓްމެންޓް ރިކުއަރމެންޓްސް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރައިން އާންމުކުރީ މިދިޔަ ހަފްތާގައެވެ. އެ ވުޒާރާއިން ވަނީ މިހާރު އިއުލާންކޮށްފައިވާ ޝަރުތުތަކުގައި ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި ދިވެހިންނަށް އެކަނި ވިޔަފާރި ކުރެވޭނެ ގޮތަށް ހަދާ އިތުރު ދާއިރާތަކެއް ބޭރުގެ ފަރާތްތަކަށް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން އަސާސީ ކާބޯތަކެތި ލިސްޓުގައި ހިމެނޭ ބާވަތްތައް މިމަހުގެ 15 އަށް ލިބޭނެ ކަމުގެ ޔަޤީންކަން އެސްޓީއޯއިން ދިނުމަކީވެސް ނިމުނު ހަފްތާގައި ފާހަގަކޮށްލެވުނު ޚަބަރެކެވެ.

ސަރުކާރު ޚަރަދުގައި ޙައްޖުގެ އަޅުކަން އަންނަ އަހަރު އަދާކުރުމަށް ދާ 50 ފަރާތެއް ހޮވާފައިވަނީ ނިމުނު ހަފްތާފައެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރައިން ވިދާޅުވީ މި ފަޤީރުންގެ ލިސްޓުގައި ފަރުޟު ޚައްޖު އަދާ ނުކުރާ 376 މީހުން ތިބިއިރު، މިއެންމެންނަށްވެސް ހައްޖު އަދާކުރުމުގެ ފުރުސަތު މިދައުރު ތެރޭގައި ދިނުމަކީ އަމާޒެއް ކަމަށެވެ.