މިލަދުންމަޑުލު އުތުރުބުރީ މިލަންދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިލަންދޫގައި ޤާއިމްކުރާ އިސްލާމިކް ސެންޓަރުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ.
މިލަންދޫ އިސްލާމިކް ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް މިޙާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިލަންދޫއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
ހަތަރު މުންނާރުލީ ފުރަތަމަ އިސްލާމީ މަރުކަޒު
— Mohamed Shaheem Ali Saeed (@Mohamedshaheem1) October 15, 2025
ށ. މިލަންދޫ pic.twitter.com/ZVn7D9FGZ2
މިލަންދޫ އިސްލާމީ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީީ، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމމަދު ޝަހީމް ޢަލީ ސަޢީދުއާޢި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދުގެ އިތުރުން މިލަންދޫ ކައުންސިލްގެ ރައީސްއެވެ.
މިލަންދޫގައި އިމާރަތްކުރާ އިސްލާމީ މަރުކަޒުގައި ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި 4 ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއްގެ އިތުރުން ހިނަވާގެއެއް ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން އިސްލާމީ މަރުކަޒުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.