މޫސުމީ ބަދަލުތަކާ އެކިއެކި ކާރިސާތަކާ ޙާދިސާތަކުގެ ވަގުތުތަކުގައި، ހާލުގައިޖެހޭ މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤައުމުތަކުން އަތުގުޅާލާ ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެކަމަނާ ވިދާޅުވީ ކާބޯތަކެއްޗަކީ އަސާސީ ބޭނުމަކަށްވުރެ ބޮޑަށް، އިންސާނީ ޙައްޤެއްކަމަށެވެ. ހެދިބޮޑުވުމުގައި ބޭނުންވާ، ސިއްޙަތަށް ފައިދާހުރި ކާނާ ލިބުމަކީ ކޮންމެ ފަރުދަކަށްވެސް ކަށަވަރުވާންޖެހޭ ޙައްގެއްކަމަށް ވިދާޅުވިއެވެ.
As we mark #WorldFoodDay, we recognize that food is more than a basic need. Food is a right. Food nourishes our bodies, and also plays a vital role in bringing people together across cultures and communities.
— First Lady Sajidha Mohamed (@sajidhaamohamed) October 16, 2025
As we face unprecedented challenges, from climate change to conflicts,… pic.twitter.com/9gKlGdDnmI
އެގޮތުން ތަފާތު ކާރިސާތަކާ ޙާދިސާތަކާ ކުރިމަތިލަމުންދާ އެތައް ބަޔަކު ދިރިއުޅެމުންދާއިރު، މިފަރާތްތަކަށް ކާނާގެ ޔަޤީންކަން ކަށަވަރުކުރުމާއި، ފޯރުކޮށްދެވޭ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވިއެވެ.
މިއީ ފައިދާ ހުރި ކާނާ ލިބުމަށް މަގުފަހިކޮށްދިނުމާއި، ބަނޑުހައި ހޫނުކަން ނައްތާލާ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ މުހިންމު ބަދަލަކަށްވާނެކަމަށް ވިދާޅުވިއެވެ.
އަދި މިއީ ސަޤާފަތުގެގޮތުން ބެލިއަސް، މުޖުތަމަޢުތައް ގުޅުވައިދީ ގުޅުން ބަދަހިވުމުގެ ވަރަށް މުހިންމު ބަހާއެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.