ޚަބަރު

އިންޑިއާ ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް!


  • އިންޑިއާއަކީ 6ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމު

  • ފަތުރުވެރިންގެ ޖުމްލަ އަދަދު %10 ވަނީ އިތުރުވެފައި

  • މިދިޔަ ހޮނިހިރު ދުވަހު 7000އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވޭ

އިންޑިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެޤައުމުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު %4 އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އިންޑިއާއަކީ ރާއްޖެއަށް 6ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެތެރެއިން ޗައިނާ އަދި ރަޝިއާއިން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދުތައް ވަނީ 2 ލައްކަ ހުރަސްކޮށްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 6 ގައުމަކީ:

* ޗައިނާ: 284،933 ފަތުރުވެރިން
* ރަޝިއާ: 213،851 ފަތުރުވެރިން
* އިނގިރޭސިވިލާތް: 152،884 ފަތުރުވެރިން
* ޖަރުމަނުވިލާތް: 116،705 ފަތުރުވެރިން
* އިޓަލީވިލާތް: 100،596ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށްވަނީ ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %15.6 އިތުރު އަދަދެކެވެ.

މިމަހުގެތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 7،460 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިންގެ ޖުމްލަ އަދަދަށް ބަލާއިރު، އޮކްޓޫބަރު 18ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1.7 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށސް ޒިޔާރަތްކޮށްފައިވަނީ 1.5 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު 10 އިންސައްތަ އިތުރު އަދަދެކެވެ.