ޚަބަރު

މާލޭގެ ގެއެއްގެ 6 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި ނިޔާވެއްޖެ


  • ނިޔާވެފައިވަނީ 47 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެއް

މާލޭގެ ގެއެއްގެ 6 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި ނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާފަންނު ގެއެއްގެ 6 ވަނަ ފަންގިފިލާއިން އެގޭގެ ސިޑިގޮޅިއަށް ވެއްޓި ނިޔާވެފައިވަނީ 47 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެއްކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިރުއޮއްސި 6:29 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ސިޑިގޮޅިއަށް ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ، އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.