ކޮންމެ ހާލަތެއްގަ މެދުވެރިވިކަމަށްވިޔަސް ފަލަސްޠީނުގެ ދިދަ ﷲގެ އިރާދަފުޅާއެކު މުބާރާތްތަކުގައި ވިހުރާލާނެކަމަށް ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު މުހަންމަދު ޖުމާ ސުލައިމާން ބުނެފިއެވެ.
މިމަހުގެ 22 އިން 30 އަށް ތައިލޭންޑްގެ ޗޮންބުރީގައި ފެށުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމުގެ ކުރިން އެމުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ކޭމްޕުކުރުމަށް އެޓީމުން ރާއްޖެ އައުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އެޓީމު ކޯޗު ބުނީ ހަނގުރާމައިގެ ސަބަބުން ގައުމަށް ދިމާވެފައިވާ ހިތްދަތިކަމާއެކުވެސް އެގައުމުން މަސައްކަތްކުރާނީ ކުޅިވަރުގެ މައިދާނުގައިވެސް އެގައުމުގެ ދިދަ ވިހުރާލުމަށްކަމަށެވެ. އެގޮތުން މުބާރާތްތަކުގައި ފަލަސްޠީނުގެ ދިދަ އުފުލާލުމަކީ އެގައުމުގެ އެތުލީޓުން އުފަލާއެކު ކުރާނެކަމެއްކަމަށް އޭނާ ފާހަގަކުރިއެވެ.
"މުބާރާތްތަކުގަ ފަލަސްޠީނުގެ ދިދަ ވިހުރާލުމަކީ އަހަރުމެން ކޮންމެހެންވެސް ކުރަންޖެހޭކަމެއް. އަހަރުމެންގެ ގައުމަށް ދިމާވެފައިވާ ހަނގުރާމައިގެ މިދަނޑިވަޅުގައިވެސް ﷲގެ އިރާދަފުޅާއެކު ފަލަސްޠީނަށްޓަަކައި އަހަރެމެންފެ ދިދަ އުފުލާލާނަން" ކޯޗު ބުންޏެވެ.
ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުގައި ފަތިރަކުރުންތައް ބޭއްވުމަށް ހުރަސްއެޅިފައިވުމުން އެގައުމުން އެދުނު އެދުމެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ފަލަސްޠީނު ޓީމަށް ރާއްޖޭގައި ކޭމްޕުކޮށް ފަރިތަކުރުންތައް ބޭއްވުމުގެ ފުރުސަތުވަނީ ތަނަވަސްކޮށްދެއްވާފައެވެ.
އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ޒުވާން ޓީމަށް ރާއްޖޭގެ ފަރާތުން ލިބުނު ލޯތްބާއި މެހެމާނުދާރީއަކަށްޓަކައި ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާކަމަށްވެސް ކޯޗުގެ ވާހަކައިގައިވަނީ ފާހަގަކޮށްފައެވެ. އޭނާ ބުނީ ދިވެހި ރައްޔިތުން މިސާބިތުކޮށްދިނީ ދިވެހިންގެ ހިތުގައި ފަލަސްޠީނަށްޓަކައި އޮތް ލޯތްބާއި އަޚުވަންތަކަންކަމަށެވެ.
"ރާއްޖެއަށް އާދެވުމާއެކު ދިވެހިންގެ ފަރާތުން ލިބުނު މެހެމާނުދާރީގެ ސަބަބުން އަހަރުމެން މިތިބީ ވަރަށް އުފާވެފަ. ދިވެހިންނަކީ އަބަދުވެސް ފަލަސްޠީނާއެކު ތިބި ބައެއް. މުސްތަގުބަލަށް ކުރާ އުންމީދަކީ ފަލަސްޠީނުގެ ބިމުގައި ރާއްޖެއާއެކު މެޗެއް ކުޅެވުން. ރާއްޖޭގެ ރައްޔިތުން ކީ ހޫނު މަރުހަބާއަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަން" މުހަންމަދު ބުންޏެވެ.
ފަލަސްޠީނުގެ ޓީމުން ރާއްޖެއަށް މިކުރި ޒިޔާރަތުގެ ތެރެއިން 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމާ ފަލަސްޠީނު ޓީމު ދެމެދު އެކުވެރިކަމުގެ ދެމެޗު ކުޅުމަށްވެސް ވަނީ ހަމަޖައްސާފައެވެ. މިމެޗުތައް ކުޅުމަށް ހަމަޖެހިފަވަނީ މިމަހުގެ 13 އަދި 15 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.
މިދަތުރުުގެ ހުރިހާ ޚަރަދެއްކުރާނީ ދިވެހިރާއްޖެއިންނެވެ. މިގޮތުން މި ޓީމުގެ ހުރުމާއި، ކެއުން ކުޅިވަރު ވުޒާރާއިން ހަމަޖައްސަވާފަވާއިރު ލޮޖިސްޓިޖް ހުރިހާ ޚަރަދެއް ބަލަހައްޓާނީ އެފްއޭއެމްއިންނެވެ. އޭގެ އިތުރުން ޓީމުގެ ދަތުރުފަތުރާއި ސެކިއުރިޓީގެ ކަންކަން ހަމަޖައްސާފަވަނީ ފުލުހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކުއެވެ.
17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ފަލަސްޠީނު ވާދަކުރަންޖެހެނީ ގްރޫޕް ޑީ ގައެވެ. މި ގްރޫޕުގަ ދެން ހިމެނޭ ގައުމުތަކަކީ އިންޑިއާ، އީރާން، ޗައިނީޒް ޓައިޕޭ އަދި ލުބްނާންއެވެ. މިގްރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އިންޑިއާގައެވެ.
މިދަތުރުުގެ ހުރިހާ ޚަރަދެއްކުރާނީ ދިވެހިރާއްޖޭގެ މުއައްސަސާތަކުންނެވެ. މިގޮތުން މި ޓީމުގެ ހުރުމާއި، ކެއުން ކުޅިވަރު ވުޒާރާއިން ހަމަޖައްސަވާފަވާއިރު ލޮޖިސްޓިޖް ހުރިހާ ޚަރަދެއް ބަލަހައްޓާނީ އެފްއޭއެމްއިންނެވެ. އޭގެ އިތުރުން ޓީމުގެ ދަތުރުފަތުރާއި ސެކިއުރިޓީގެ ކަންކަން ހަމަޖައްސާފަވަނީ ފުލުހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކުއެވެ.
17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ފަލަސްޠީނު ވާދަކުރަންޖެހެނީ ގްރޫޕް ޑީ ގައެވެ. މި ގްރޫޕުގަ ދެން ހިމެނޭ ގައުމުތަކަކީ އިންޑިއާ، އީރާން، ޗައިނީޒް ޓައިޕޭ އަދި ލުބްނާންއެވެ. މިގްރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އިންޑިއާގައެވެ.