ޚަބަރު

ކާށިދޫ ފަރަށް އެރި ބޯޓަކުން މީހަކު ގެއްލިގެން ހޯދަނީ


  • ބޯޓުން 11 މީހުން ދަތުރުކުރަމުންދިޔަ

  • 10 މީހުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ސަލާމަތްކޮށްފައި

މާލެއިން ފުރައިގެން ކ.ކާށިދޫއަށް ދަތުރުކުރަމުންދިޔަ "ފައިސަލާ ބޯޓް"، ކާށިދޫއަށް ވަންނަން އުޅުމުގެ ތެރޭގައި އެ ރަށު ނެރު ބޭރުން ފަރަށް އަރައި، އެކަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ބޯޓުން ދަތުރުކުރަމުންދިޔައީ 11 މީހުންކަމަށާއި އެއީ 5 ދިވެހިންނާއި 6 ބިދޭސީއެއްކަމަށެވެ. އަދި އޭގެތެރެއިން 10 މީހުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ސަލާމަތްކޮށްފައިވާކަމަށާއި ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ބޯޓުން ގެއްލިގެން ހޯދަމުންދަނީ ބިދޭސީއެއްކަމަށެވެ.
އަދި، މި ބޯޓު ފަރަށް އެރުމާ ގުޅިގެން ދޯނީގައި ހުރި ގިނަ މުދާތަކެއް ކަނޑަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އެންމެހާ ފަރާތްތަކުން ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.