އަންނަ ނޮވެމްބަރުމަހު ބާއްވާ، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެވޯޑުގެ މެއިން ސްޕޮންސަރަކީ އެމްއޭސީއެލްއެވެ. އަދި މީޑިޔާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ޕީއެސްއެމްއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް ދޭ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑަކީ ރާއްޖޭގައި މިދާއިރާއިން ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މަޓާޓޯއިން މި އެވޯޑު ދެމުންއަންނަތާ މިއީ 5 ވަނަ އަހަރެވެ. މިއަހަރުގެ ޓްރެވަލް އެވޯޑު ޢިއުލާން ކޮށްފައިވަނީ އެވޯޑުގެ ޓްރޮފީގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްގެންނެވެ. img:http://s3.psmnews.mv/images/660x400/14723617621823.jpg|މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްގެ ޕާޓްނަރުންނާއެކު ސޮއިކުރުން - ފޮޓޯ: ޕީއެސްއެމް ނިއުސް
މިއަހަރުގެ ޓްރެވަލް އެވޯޑުގެ ޕާޓްނަރުންގެ ގޮތުގައި 15 ފަރާތެއް ހަމަޖައްސާ، އެފަރާތްތަކާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއަހަރުގެ އެވޯޑުގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމް.އޭ.ސީ.އެލްއެވެ. މީޑިޔާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިޔާ ޕީ.އެސް.އެމްއެވެ. އޮފިޝަލް ހޯސްޓް ޕާރޓްނަރަކީ ބަންޑޮސް އައިލެންޑް ރިސޯޓެވެ. ސިލްވަރ ޕާރޓްނަރުންގެ ގޮތުގައި އެލައިޑް އިންޝުރެންސާއި ފިއުލް ސަޕްލައި ވަނީ ހަމަޖައްސާފައެވެ. ސައުންޑް އެންޑް ލައިޓިންގ ޕާރޓްނަރަކީ ޕޮޕްޖޯއީއެވެ. އޮފިޝަލް ޓެލެކޮމް ޕާރޓްނަރަކީ ދިރާގެވެ.
މިއަހަރުގެ އެވޯޑްގެ އޮފިޝަލް އެއަރލައިން ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ދުނިޔޭގެ މަޝްހޫރު އެއް އެއަރލައިން ކަމަށްވާ އިއްތިޙާދް އެއަރވޭސްއެވެ. އޮފިޝަލް އޮންލައިން މީޑިޔާ ޕަރޓްނަރަކީ މިހާރު ނޫހެވެ. އަދި ޓްރެވަލް މީޑިޔާ ޕާޓްނަރަކީ އެމްވީ ހޮޓެލްސްއެވެ. އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސީ މޯލްޑިވްސް ގެޓްއަވޭސް އަދި މޯލްޑިވްސް ޑޮޓްކޮމްއެވެ. ބެވަރޭޖް ޕާޓްނަރަކީ ކޮކާކޯލާއެވެ. އޮންލައިން ޓްރެވެލް ޕާރޓްނަރަކީ މޯލްޑިވްސް ޑޮޓް ނެޓް ޑޮޓް އެމްވީއެވެ. މީގެއިތުރުން އޮފިޝަލް މިއުޒިކް ވީޑިޔޯ ޕާޓްނަރަކަށް ހަމަޖެއްސީ އިކުއެޓިކް ވައިބެވެ.
ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިއަހަރުގެ އެވޯޑަކީ އެހެން އަހަރަތަކަށްވުރެ ކާމިޔާބު އެވޯޑަކަށް ހެދުމަށް ޕާޓްނަރުންނާއެކު ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވިއެވެ. އަދި އެވޯޑުގެ އިތުބާރު ބޮޑުކުރުމަށް ދުނިޔޭގެ މަޝްހޫރު އޮޑިޓް ފާމެއް ކަމަށްވާ ކޭ.ޕީ.އެމް.ޖީން އެވޯޑުގެ ކަންކަން އޮޑިޓް ކުރުމަށް ހަމަޖައްސާފައި ވާކަމަށް ގިޔާސް ވިދާޅުވިއެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑަށް މިއަހަރު އިތުރުކުރި 5 ދާއިރާއާއިއެކު ޖުމްލަ 35 ދާއިރާއަކުން އެވޯޑް ދިނުމަށް މަޓާޓޯއިން ވަނީ ނިންމާފައެވެ. އެ 35 ދާއިރާއިން 243 ފަރާތެއް ނޮމިނޭޓް ވެފައިވާކަމަށްވެސް އެފަރާތުން ބުނެއެވެ. އަދި މިއީ ފާއިތުވި އަހަރާއި އަޅާބަލާއިރު 100 އިންސައްތަ އިތުރު ޢަދަދެއް ކަމަށްވެސް މަޓާޓޯއިން ހާމަކުރެއެވެ.