ޚަބަރު

ކަރަންޓުގައި ޖެހުނު މީހާ ވަނީ ވަރަށް ބޮޑަށް ފިހިފައި


  • ފިހިފައިވަނީ 43 އަހަރުގެ ފިރިހެނެއް

  • ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް

ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނިޔާވި މީހާގެ ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުުން ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ބައު އިންޖީނުގޭ ސްވިޗު ގިއަރަކަށް ދިމާވި މައްސަލައެއް ޙައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯގެ މުވައްޒަފަކަށް އެކިވަރުގެ އަނިޔާވެ، އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މި ހާދިސާގައި އަނިޔާވީ 43 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ، އޭނާއަށް ފަރުވާދެމުންދަނީ އީއާރުގައިކަމަށެވެ. އޭނާއަށް ލިބިފައިވާ އަނިޔާއަށް ބަލާއިރު، މެޑިކަލް ޓާމުން ބުނާ ނަމަ "ތާޑް ޑިގްރީ ބާންއެއް" ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި އޭނާގެ ހަށިގަނޑުގެ އެކި ތަންތަން ފިހިފައިވާ ކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.