ޚަބަރު

މަނަދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުވައިފި


  • މި މިސްކިތް ތަރައްޤީކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓުން

  • ރަމަޟާން މަހުގެ ކުރިން 15 މިސްކިތެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުން

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި އަލަށް ޢިމާރާތްކުރި މިސްކިތް ހުޅުވައިފިއެވެ.

އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާންއެވެ. މި މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޢިމާރާތްކުރަން ފަށާފައިވާ މިސްކިތްތަކުގެ މަސައްކަތުގެ ދުވެލި އަވަސްކޮށް ވީހާވެސް އަވަހަށް މަޝްރޫޢުތައް ނިންމުމަށް ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން 15 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެއެވެ.