2023 ވަނަ އަހަރާއި 2024 ވަނަ އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ނަތީޖާތައް ހޯދާފައިވާ ފަރާތްތަކާއި އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ދޭ އިނާމު 32 ފަރާތަކަށް ދީފިއެވެ.
މީގެތެރޭގައި ވަކިވަކި ފަރުދުންނާއި، މަސްވެރި ދޯނިތަކާއި އަދި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ ކުންފުނިތައް ހިމެނެއެވެ.
އިނާމު ޙާސިލް ކުރި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، 2023 ވަނަ އަހަރު އިނާމު ލިބޭ 18 ފަރާތާއި، 2024 ވަނަ އަހަރު އިނާމު ލިބޭ 14 ފަރާތެވެ.
މިއަހަރުގެ މަސްވެރިކަމުގެ ރަސްމީ ޖަލްސާ ބާއްވާފައިމިވަނީ، ރ.ދުވާފަރުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
މަސްވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އިނާމު 2024 ވަނަ އަހަރު ލިބިވަޑައިގެންނެވި ބޭފުޅަކީ، ގ.ފިޔާތޮށިގޭ އަލްމަރްޙޫމް ޙަސަން ޞާބިރު (ނ.ޢ.ޢ.ވ) އެވެ. އޭނާ ވަނީ، 1974 ވަނަ އަހަރުން ފެށިގެން މި ދާއިރާއަށް އެކި ގޮތްގޮތުން ޚިދުމަތްކުރައްވާފައެވެ.
1- ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ކެޔޮޅު: މުޙައްމަދު އަނީސް، ފެންފިޔާޒުގެ، ގއ. ދެއްވަދޫ
2- ފާހަގަކޮށްލެވޭ ޚިދުމަތެއް ކުރަމުންގެންދާ ޒުވާން ކެޔޮޅު: މުޙައްމަދު އަފްރާޚް، ހެޕީލައިފް، ރ. ދުވާފަރު
3- ޚިދުމަތްތެރި ފަރު މަސްވެރިޔާ: އާދަމް ޙަސަން، ޕެރިސް، އދ. މަހިބަދޫ
4- އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި: ސ. ހިތަދޫ، މަހާ ވިދުވަރު
5- ދެވަނައަށް އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި: ގދ. މަޑަވެލި ޓީ.އެސް.ލައިން
6- ތިންވަނައަށް އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި: ސ. މަރަދޫ ކޮންކޯޑު-2
7- އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި: އދ. އޮމަދޫ ޖަވާހިރު
8- ދެވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި: އއ. ރަސްދޫ ޒޫމް ފިޝަރ
9- ތިންވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި: އދ. މަހިބަދޫ އަސުރުމާ - 3
10- އެންމެ ގިނައިން ކަޅުބިލަމަސް ގަނެފައިވާ ކުންފުނި: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
11- އެންމެ ގިނައިން ބޮޑުކަންނެލި ގަނެފައިވާ ކުންފުނި: އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
12 - އެންމެ ގިނައިން ފަރުމަހުގެ ބާވަތްތައް ގަނެފައިވާ ކުންފުނި: ސީޕާޓްނަރސް މޯލްޑިވްސް
13 - އަގު އެއްކޮށް، މަހުގެ އުފެއްދުންތައް ތައްޔާރުކޮށް، ދިވެހިރާއްޖެއިން އެކްސްޕޯޓު ކޮށްގެން އެންމެ މަތީ އާމްދަނީއެއް ހޯދާފައިވާ ކުންފުނި: ހޮރައިޒަން ފިޝަރީޒް
1- ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ކެޔޮޅު - ޝަމްޢޫން މުޙައްމަދު، ގއ. ވިލިނގިލީ، ރޭނިސް
2- ފާހަގަކޮށްލެވޭ ޚިދުމަތެއް ކުރަމުންގެންދާ ޒުވާން ކެޔޮޅު - ޢަބްދުﷲ ޔަމާން، ލ. ގަން ތުނޑި، ގުރުވަ
3- ޚިދުމަތްތެރި ފަރުމަސްވެރިޔާ - ޞަފައިރު ލުޠުފީ، ފ. ބިލެތްދޫ، ސަންޓާނާ
4- އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި - ގދ. މަޑަވެލި ޓީ.އެސް. ލައިން
5- ދެވަނައަށް އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި - ގއ. ނިލަންދޫ ހަނދުވަރީ
6- ތިންވަނައަށް އެންމެ ގިނައިން ކަޅުބިލަމަސް ކިރާފައިވާ ދޯނި - ސަފީނާ، ކ. މާލެ
7- އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި - އއ. ރަސްދޫ ޒޫމް ފިޝަރ
8- ދެވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި - ބ. ތުޅާދޫ، ހައިސަމް ދޯނި
9- ތިންވަނައަށް އެންމެ ގިނައިން ބޮޑުކަންނެލި ކިރާފައިވާ ދޯނި - އދ. މަހިބަދޫ އަސުރުމާ - 3
10- އެންމެ ގިނައިން ކަޅުބިލަމަސް ގަނެފައިވާ ކުންފުނި - މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
11- އެންމެ ގިނައިން ބޮޑުކަންނެލި ގަނެފައިވާ ކުންފުނި - ބިގް ފިޝް މޯލްޑިވްސް
12- އެންމެ ގިނައިން ފަރުމަހުގެ ބާވަތްތައް ގަނެފައިވާ ކުންފުނި - ސީޕާޓްނަރސް މޯލްޑިވްސް
13- އަގު އެއްކޮށް، އެކްސްޕޯޓު ކޮށްގެން އެންމެ މަތީ އާމްދަނީއެއް ހޯދާފައިވާ ކުންފުނި: ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
14- މެރިކަލްޗަރގެ ދާއިރާއިން އަގުހުރި ދިރާސާތަކެއް ކުރައްވާފައިވާތީ: ޙަސަން ޝަކީލް، ހދ. ވައިކަރަދޫ، ބްރީޒްވިލާ
15- މަސްވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ: ޒަހިއްޔާ މުޙައްމަދު، އއ. އުކުޅަސް މުރީދުގޭ
16- މަހުގެ އުފެއްދުންތައް އުފެއްދުމުގެ ދާއިރާއިން އަގުހުރި ޚިދުމަތެއް ކޮށްދެއްވާފައިވާތީ: ޝަރީފާ އިދުރީސް، ބ. ތުޅާދޫ އާލިޔާމަންޒިލް،
17- މަސްވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ބަދަލެއް ގެނައުމުގައި އަގުހުރި ޚިދުމަތެއް ކޮށްދެއްވާފައިވާތީ: ޔަންމާ
18- މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާފައިވާތީ: ޖަޕާނު ސަރުކާރު
ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަ ކުރީ، 1981 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
އަދި ކޮންމެ އަހަރެއްގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޙަފްލާގައި މަސްވެރިކަމުގެ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް އިނާމު ދެއްވާފައިވެއެވެ.
މި އަހަރު ފާހަގަ ކުރަމުން މިދަނީ، 45 ވަނަ މަސްވެރިންގެ ދުވަހެވެ.