ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ޤާނޫނުއަސާސީއަަށް ފެންނަން ފާސްކޮށްފައިވާ އިސްލާހަކީ ގާނޫނުއަސާސީގެ ދުަްސްތޫރީ އޮނިގަނޑު ހުއްދަކުރާ އިސްލާހެއްކަމަށް ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ގެންނަ އިސްލާހާމެދު ގާނޫނީ ނަޒަރަކުން ބަހުސްކުރުމަށް ބާ ކައުންސިލުން ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހުގެ ގާނޫނީ ސައްހަކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާއިރު ކުރީގެ ބަންޑާރަނައިބު އާޒިމާ ވަނީ މި އިސްލާހުގައި ދުސްތޫރީ ނުވަތަ އިޖުރާއީ މާަައްސަލައެއް ނެތްކަން ގާނޫނީ ނުކުތާތަކުން ތަފްސީލީ ގޮތެއްގައި ކިޔައިދެއްވާފައެވެ.
އާޒިމާ ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދަނީ ރައްޔިތުންގެ މަޖިލީހުގެ އުުމުރާއި ގުޅޭގޮތުން ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އަދި ގާނޫނުއަސާސީގައި އޮންނަ ގޮތުން މަޖިލީހުގެ އުަުމުރަށް ބަދަލެއް ގެެނެވޭނީ ރައްޔިތުންގެ ވޯޓަުކުންކަން އާޒިމާ ފާަހަގަކުރެއްވިއެވެ. އެހެންކަމުން ރައްޔިތުން މިކަމަށް ހުއްދަ ދީފިނަމަ މިކަުމުގައި ގާނޫނީ އެއްވެސް މައްސަލައެއް ކުރިމަތިުނުވާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
"ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދަނީ ކީއްވެތޯ؟ އެއީ މަޖިލީހުގެ އުުމުރަށް ބަދަލެއް ގެންނާތީ. އިސްލާހުގެ ދުސްތޫރިއްޔާތާއި ބެހޭ ގޮތުން ވާހަކަ ދައްކާނަމަ، ރައްޔިތުން އެކަމަަށް ހުއްދަ ދީފިނަމަ މީގައި އެއްވެސް މައްސަލައެއް ނޯންނާނެ" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވަނީ އިންތިހާުބުތައް އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގައި މަޖިިލީހުން އަމަލުކުރި ގޮތާއިމެދު އުފައްދާ ސުވާލުތަކަށްވެސް ޖަވާބު ދެއްވާފާއެވެ. އާޒިމްާ ވިދާޅުވީ މަޖިިލީހުން އަމަލުުކުރަންޖެހޭ އިޖުރާއާތްތައް ގާނޫނުއަސާސީގައި
ސާފުކޮށް ބަޔަާންކޮށްފައި އެބައޮތްކަމަށެވެ. އެގޮތުން މަޖިލީހުން ކަންކަން ނިންމާއިރު ބޭނުންވާނެ އަގްލަބިއްޔަތު ބަޔާްޮންކޮށްފައިވާކަމަށާއި، ނަމަވެސް އެކަންކަން ކުރަން ވަކި މުއްދަތުތަކެއް ކަނޑައަޅާފައިނުވާކަމަށެވެ.
"އިޖުރާއީ ގޮތުން ރަނގަޅަށްހޭ ކުރީ؟ މަޖިލީހުގައި ކަންކަން ކުރާނެ ގޮތުގެ އިޖުރާއާތެއް އެބައޮތް ބަޔަާންކޮށްފައި ގާުނޫނުއަސާސީގައި. އަދި ގާނޫނުއާަސާސީގައި ވަރަށް ސާފުކޮށް ބަޔާްންކޮށްފައި އެބައޮތް ރައްޔިތުންގެ މަޖިލީހުގައި ކަންކޮށްފައި އޮތް ގޮތަކާއިމެދު އެއްވެސް ކޯޓެއްގައި ސުވާލެއް ނުުކުރެވޭނެކަމަށް. ގާނޫނުއަސާސީގައި ނޯވޭ މަޖިީލީހުން މިފަދަ ކަންކަން ކުރަން ވަކި މުއްުދަތުތަކެއް ދީފައި. ހަމައެކަނި އޮންނަނީ މަޖިލީހުން ކަންކަން ނިންމަން ބޭނުންވާ މެޖޯރިޓީއާ ގިުޅޭ ވަާހަކަތަކެއް" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ އިންތިހާުބުތައް އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކީ ދުސްތޫރީ އޮނިގަނޑުގެ ތެރެއިން ހުއްދަ ބަދަލެއްކަމަށެވެ. އަދި މި އިސްލާހަކީ މަޖިލީހުގެ އިޖުރައާތުގެ ތެރެއިންވެސް ހުއްދަ ބަދަލެއްކަަމަށާއި މި އިސްލާހުގެ ގާނޫނީ ސައްހަކަމާމެދު އެއްވެސް ސުވާލެއް ނެތްކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.