ޚަބަރު

ބީޖީ ބަލިކޮށް، ކްލަބް ޒެޕޯ ބައިބަލާގެ ރަސްކަމަށް


  • ޒެޕޯ ޗެމްޕިއަންކަން ހޯދީ ބީޖީ ބަލިކުރުމަށްފަހު

1447 ވަނަ އަހަރުގެ އީދު ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ކްލަބް ޒެޕޯއިން ހޯދައިފިއެވެ.

ހުޅުމާލޭގައި ކުރިއަށްދިޔަ މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ ކްލަބް ޒެޕޯއާއި ބައިބަލާގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ބީޖީ ސްޕޯޓްސް ކްލަބެވެ.

މިމެޗު ކްލަބް ޒެޕޯއިން ކާމިޔާބުކުރީ ފުރަތަމަ ދެ ގޭމް އެއްވަރުވުމުން ކުރިއަށްގެންގެދިޔަ ގަދަހިފުމުގެ 5 ބުރުން ކުރި ހޯދައިގެންނެވެ.

މީގެކުރިންވެސް މުބާރާތުގައި ކްލަބް ޒެޕޯއިން ވާދަކޮށްފައިވާއިރު މިއީ އެ ޓީމަށް މުބާރާތުގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. މުބާރާތުގެ ރަނަރަޕްކަން ހޯދި ބިޖީއަކީ އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކޮށްފައިވާ އެއް ޓީމެވެ.