ޚަބަރު

ޢުމްރާގެ އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި


  • ޢުމްރާގެ އަޅުކަމަށް ފުރާވަޑައިގަތީ މިމަހުގެ 6 ގައި

  • ދަތުރުފުޅުގެ ޚަރަދުތައް ހަމަޖައްސަވައިދެއްވީ ސަޢޫދީ ސަރުކާރުން

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ކުރެއްވި މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތީ، މިމަހުގެ 6ވަނަ ދުވަހުއެވެ.

2024 ވަނަ އަހަރުވެސް ރައީސްގެ ދެކަނބަލުން ވަނީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ޚާއްޞަ މެހެމާން ދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅެއްގައި އެ ޤައުމަށް ވަޑައިގެންފައެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ، މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީ އަރަބިއްޔާއަށް ވަޑައިގެންފައެވެ.