ޚަބަރު

އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ވަގުތީގޮތުން ބަންދުކޮށްފި


  • މަރާމާތަށް ސެންޓަރު ބަންދުކުރީ މިމަހުގެ 22އާ ހަމައަށް

  • ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ވަނީ އައިޖީއެމްއެޗުގެ ޖީއޯޕީޑީއަށް ބަދަލުކޮށްފައި

  • މިމުއްދަތުގައި ވެކްސިން ޖެހުމުގެ ޚިދުމަތް ދަމަނަވެށިން ލިބޭނެ

އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ވަގުތީގޮތުން ބަންދުކޮށްފިއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު މަރާމާތަށް ބަންދުކޮށްފައިވާ ކަމަށެވެ.

އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ، މި މުއްދަތުގައި އެ ސެންޓަރުން ދެމުންދިޔަ ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް އައިޖީއެމްއެޗުގެ ޖީއޯޕީޑީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި ދަމަނަވެށިން ވެކްސިން ޖެހުމުގެ ޚިދުމަތް ލިބޭނެ ކަމަށް ވިދާޅުވިއެވެ.