ޚަބަރު

އޮޑިޓަރސް ފޯރަމް މިމަހު 16ގައި


  • އޮޑިޓް ފާމްތަކާއި ތަޖުރިބާކާރުންނަށް ވަނީ ދައުވަތު ދީފައި

  • މިއީ ސީއޭ މޯލްޑިވްސްއާއި އޭޖީ އޮފީހުން ގުޅިގެން ބާއްވާ ފޯރަމެއް

  • އޮޑިޓިންގ ދާއިރާގެ ބޭފުޅުންނާއި ފާމްތަކުގެ ޕާޓްނަރުން ބައިވެރިވާނެ

ރާއްޖޭގެ އޮޑިޓިން ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ބާއްވާ އޮޑިޓާސް ފޯރަމް މިމަހު 16ގައި ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.

މި ފޯރަމަކީ، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ސީއޭ މޯލްޑިވްސްއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ބާއްވާ ފޯރަމެކެވެ. ފޯރަމް އޮންނާނީ، މިމަހުގެ 16ވަނަ ދުވަހު މީރުމާ ހޯލުގައެވެ.

މިއަހަރުގެ އޮޑިޓަރސް ފޯރަމްގައި، އޮޑިޓިންގ ދާއިރާގެ ފަންނީ ބޭފުޅުންނާއި، ރާއްޖޭގެ ބޮޑެތި އޮޑިޓް ފާމްތަކުގެ ޕާޓްނަރުންގެ އިތުރުން، ދާއިރާގެ މުހިންމު ހިއްސާދާރުން ބައިވެރިވާނެއެވެ.

"ރީޑިފައިނިން އެޝުއަރެންސް، ޓްރަސްޓް، ޓެކްނޮލޮޖީ، ޓްރާންސްޕޭރެންސީ" މި ޝިޢާރުގެ ދަށުން ބާއްވާ މި ފޯރަމްގައި ދާއިރާގެ މުހިންމު މައުލޫމާތުތަކަށް ބިނާކޮށް ތަޖުރިބާކާރުންގެ ޕްރެޒެންޓޭޝަންތަކާއި، މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ސީ.އޭ މޯލްޑިވްސްއިން ވަނީ، މި ފޯރަމްގައި މައުލޫމާތު ދެއްވުމަށް ރާއްޖޭގެ ބޮޑެތި އޮޑިޓް ފާމްތަކާއި، ދާއިރާގެ ތަޖުރިބާކާރުންނަށް ދައުވަތު ދެއްވާފައެވެ.

މިއީ، އޮޑިޓިންގ ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ދާއިރާއަށް އޮތް އިތުބާރު ދެމެހެއްޓުމަށް އެ އިންސްޓިޓިއުޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބާއްވާ މުހިންމު ހަރަކާތެކެވެ.