ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސް އާއި އިންޑިއަން ހައިކޮމިޝަން ގުޅިގެން ސެމިނާއެއް ބާއްވައިފިއެވެ.
މި ސެމިނާ ޝަރަފުވެރިކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ.ބާލަސުބްރަމާނިއަންއެވެ. މި ސެމިނާގައި އެމްއެންޔޫގެ އިސްވެރިންނާއި، އިންޑިއާ ހައިކޮމިޝަނުގެ އިސްވެރިންގެ އިތުރުން އެމްއެންޔޫގައި ކިޔަވާ ދަރިވަރުން ބައިވެރިވިއެވެ.
މި ސެމިނާގެ ތެރެއިން ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަންއެއް ވަނީ ހުށަހަޅައިދީފައެވެ. މި ޕރެޒެންޓޭޝަންތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ތާރީޚީ އަދި ޘަޤާފީ ގުޅުންތަކާއި، ޞިއްޙީ ޚިދުމަތުގެ ދާއިރާއިން އެއްބާރުލުން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވާހަަކަދައްކާފައިވެއެވެ.
މީގެއިތުރުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި، ތަޢުލީމީ އަދި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ ގުޅުންތަކާއި، ޢުމްރާނީ ތަރައްޤީއާ ގުޅޭގޮތުންވެސް ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ.
The MNU Faculty of Arts, in collaboration with the Indian High Commission in the Maldives, hosted a commemorative seminar marking the 60th anniversary of the establishment of diplomatic relations between the two nations. Bringing together academics, students, diplomats, and… pic.twitter.com/IPb0c8C9TG
— The Maldives National University (@MNUedu) May 17, 2026
މި ސެމިނާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ.ބާލަސުބްރަމާނިއަން ވެސްވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ސެމިނާއަކީ، ވޭތުވެދިޔަ 60 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ސެމިނާއެކެވެ.