ޚަބަރު

ޢަބްދުﷲ ޖަލީލް އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ


  • ތުރާކުނު ކުޑަކަތީބު އަދި ކަތީބުގެ މަޤާމު އަދާކުރެއްވި

  • ދައުލަތަށް 46 އަހަރު ޚިދުމަތްކުރެއްވި

ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޢަބްދުﷲ ޖަލީލް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ޖަލީލް އަވަހާރަވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ، މަރުޙޫމްގެ ޢާއިލާއަށާއި ތުރާކުނު ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާފައެވެ. ރައީސް ވިދާޅުވީ، ޢަބްދުﷲ ޖަލީލްއަކީ ހއ.ތުރާކުނު ކުޑަކަތީބުކަމާއި ކަތީބުކަންވެސް ކުރައްވައި، ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ.

ރައީސްގެ ޕޯސްޓުގައިވަނީ މާތްﷲގެ ތަނަވަސް ރަޙުމަތުގައި ލައްވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.