އެލައިޑް އިންޝުއަރެންސްއިން ބާއްވާ "އެލައިޑް ހުޅުމާލެ ރަން" މިއަހަރުވެސް ބާއްވައިފިއެވެ. މި ދުވުމުގައި އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.
އެލައިޑް ހުޅުމާލެ ރަންއަކީ، ފާއިތުވި ދެ އަހަރުވެސް ގިނަ އަދަދެއްގެ ދުވުންތެރިންގެ ތަރުހީބު ލިބުނު ދުވުމުގެ ފޯރި ގަދަ ހަރަކާތެކެވެ.
މިއަހަރުގެ މި ދުވުން ބާއްވާފައިވަނީ، ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ. މި ހަރަކާތުގައި 1000އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވިއެވެ.
މި އަހަރުގެ ދުވުމުގައި 28 ޤައުމެއްގެ ދުވުންތެރިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ތައިލޭންޑުގެ ބެންކޮކުން އައި 22 ދުވުންތެރިންގެ ޚާއްޞަ ޓީމެއްވެސް ހިމެނެއެވެ.
މިއަހަރުގެ މި ދުވުމުގައި 1 މޭލު، 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި 21.1 ކިލޯމީޓަރުގެ ހާފް މެރެތަން ހިމެނޭހެން ޖުމްލަ ފަސް ކެޓަގަރީއަކުން ދުވެފައިވެއެވެ.
ދުވުން ނިންމާލުމަށްފަހު ވަނީ، "އެލައިޑް ހުޅުމާލެ ރަން 2026" އަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް، "ޝެއާ ދަ ރަން"ގެ ނަމުގައި ކުރިއަށް ގެންދިޔަ މީޑިއާ ކެމްޕޭނުގެ ދަށުން ނަސީބުވެރި ފަރާތައް އިނާމު ދީފައެވެ.
އިނާމު ދީފައިވަނީ، ސޯޝަލް މީޑިއާގައި ދުވުމާ ގުޅުންހުރި އެންމެ ގިނަ ސްޓޯރީ ޝެއާކޮށް، ދުވުމުގެ ފޯރި އިތުރަށް ވަރުގަދަ ކުރި ފަރާތަށެވެ.