ޚަބަރު

އާޖެންޓީނާ ވޯލްޑްކަޕަށް ގެންދިއުމަށް ހާއްސަ ފްލައިޓެއް


އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އެ މުބާރާތަށް ގެންދާ ފްލައިޓް މީޑިޔާތަކަށް ދައްކާލައިފި އެވެ.

އާޖެންޓީނާ އެއިރޯލައިންސްގެ އެއަރބަސް އޭ 300-200 މަރުކާގެ ފްލައިޓް މީޑިޔާތަކަށް ދައްކާލާފައިވާއިރު އެ ފްލައިޓް ވަނީ އާޖެންޓީނާ ޖަރޒީގެ ކުލައިން ޑިޒައިންކޮށް ޓެއިލް ގައި ކެޕްޓަން މެސީ އަދި ކުރިން މެރެޑޯނާ ބޭނުންކުރި 10 ނަމްބަރު ޖަހާފަ އެވެ. މީގެ އިތުރުން ފްލައިޓްގެ އިންޖިންގައި ކެޕްޓަން ބޭންޑް ސިފަވާ ގޮތަށް ވަނީ ކުރަހާފަ އެވެ.

ބޮއިނިސް އައިރިސްގެ އެޒޭޒާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މި ފްލައިޓް ދައްކާލާފައިވާއިރު މިއީ އެ ކުންޏަށް އެންމެ ފަހުން ގެނައި ބޯޓުތަކުގެ ތެރޭގައި ހިމެނޭ ބޯޓެކެވެ. މި ބޯޓު އެ ކުންފުންޏަށް ގެނެސްފައިވަނީ 2022 ވަނަ އަހަރު އެވެ.

އާޖެންޓީނާ އެއިރޯލައިންސް އިން ފްލައިޓެއްގެ ޑިޒައިން ގައުމީ ޓީމަށް ހާއްސަކޮށްފައިވާއިރު އިގްތިސާދީ ގޮތުން ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލާ އާޖެންޓީނާގެ ބައެއް ރައްޔިތުން ވަނީ މި ފަހަރުގެ ވޯލްޑްކަޕްގެ އަލްބަމްތައް އަގޮހެޔޮކޮށް ގަތުމަށްޓަކައި ޗިލީއަށް ގޮސްފަ އެވެ. އިންފްލޭޝަން އިންތިހާއަށް ބޮޑުވެފައިވާ އާޖެންޓީނާގައި ތަކެތީގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މިފަހަރު މުބާރާތުގައި ވާދަކުރާނީ ގްރޫޕް ޖޭ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އަލްޖީރިއާ އާއި އޮސްޓްރިއާގެ އިތުރުން ޖޯޑަން އެވެ.