ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފިޓް ނުވުމުން ޖަޕާނުގެ މިޑްފީލްޑަރު ވަޓަރޫ އެންޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.
އޭނާ މިކަން އިއުލާނު ކުރިއިރު އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި ކުޅޭ މުބާރާތުގައި ޖެޕާން ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނަން އޮތީ އެންމެ ތިން ދުވަހެވެ.
ޖަޕާނުގެ ވޯލްޑް ކަޕް ޓީމުން އޭނާ ބާކީ ކުރަން ނިންމީ ފައިތިލަ އަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ. މިކަަމާހެދި ލިވަޕޫލްގެ މިޑްފީލްޑަރުގެ ބަދަލުގައި މިހާރު ޓީމަށް ނަގާފައިވަނީ ބޮރޫޝިޔާ މޮންޗެންގްލަޑްބަޗްގެ ޝުޓޫ މަޗީނޯ އެވެ. މި ގޮތަށް ނިންމީ އިއްޔެ އެވެ.
އުމުރުން މިހާރު 33 އަހަރުގެ މިޑްފީލްޑަރު ސޯޝަލް މީޑިއާގައި ބުނެފައިވަނީ ވޯލްޑް ކަޕް ނުކުޅެވުމުން އޭނާ މާޔޫސް ވެއްޖެ ކަމަށެވެ.
"ކޮންމެވެސް ދުވަހަކުން ޖަޕާން ވޯލްޑް ކަޕް ކާމިޔާބު ކުރާނެ ކަމަށް އުއްމީދު ކުރަން. އެކަމަށް އުއްމީދުކޮށް ޓީމަށް ސަޕޯޓް ކުރަން ބޭނުމްވަނީ. މި ވަގުތަކީ ޓީމަސް ހިތްވަރު ދޭންވީ ވަގުތު. މިހާރު އަހަރެން މިވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި. އަދި އެހެން މީހުންނެކޭ އެއްފަދައިން އަހަރެން ވެސް ދެން ހުންނާނީ ޓީމުގެ ސަޕޯޓަރެއްގެ ގޮތުގައި،" އެންޑޯ ބުންޏެވެ.
އެންޑޯގެ ފައިތިލައަށް ތަދުވީ މިދިޔަ ފެބްރުއަރީ މަހު އިނގިރޭސި ޕްރެމިއާ ލީގުގައި ލިވަޕޫލާއި ސަންޑަލޭންޑް ކުޅުނު މެޗުގަ އެވެ. އޭނާ ވަނީ ޖަޕާނާއި މޭމަހުގެ 31ގައި ޖަޕާނާއި އައިސްލޭންޑް ކުޅުނު މެޗުގައި ކުޅެވޭތޯ ބަލައިފަ އެވެ. ނަމަވެސް ފައިތިލަ އަށް ތަދުވާތީވެ އޭނާ އަށް ވަނީ ފުލް ފިޓްނަސް ނުހޯދިފަ އެވެ.