ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެލްގައި އިންގްލަންޑާއި ގާނާ ބައްދަލުކުރި މެޗުގައި ގާނާއަށް ޕެނަލްޓީއެއް ލިބެން ޖެހޭ ކަމަށް ގާނާގެ ކޯޗު ކާލޯސް ކުއެރޯޒް ފާހަގަ ކޮށްފިއެވެ.
ކުއެރޯޒް ބުނީ ގާނާއިން ލަނޑެއް ޖެހުމަށް މަސައްކަތް ނުކޮށް ނުތިބޭކަމަށެވެ. އަދި ފަހަތުގައި ޑިފެންސް ކުރި ނަމަވެސް އެޓީމުގެ ލަނޑުގަނޑި ހާސިލް ކުރުމުގެ ވިސްނުން ސިކުނޑީގައި ހުންނަ ކަމަށެވެ. އަދި އިންގްލަންޑް ޓީމުގެ ހީނަރު ކަންތައްތައް ދެނެގަނެ އެކަންކަމުން ފަައިދާ ނެގޭތޯ މަސައްކަތް ކުރި ކަމަށާއި ނަމަވެސް ދެން ފެނިގެންދިޔައީ އިންގްލަންޑްގެ ނަސީބު އަތުގައި ހިފި ތަން ކަމަށެވެ.
ފަސްވަނަ ވޯލްޑް ކަޕްގައި ކޯޗެއްގެ ގޮތުން ހަރަކާތްތެރިވަމުންދިޔަ އުމުރުން 73 އަހަރުގެ ކުއިރޯޒް ވަނީ އިންގަަންޑްގެ އެޒްރީ ކޮންޒާ ގާނާގެ ޕްރިންސް ކުވާބެނާ އަޑޫ އަށް ޕެނަލްޓީ އޭރިޔާ ތެރޭގައި ކުރި ޓެކުލް ވީއޭއާރުން އެއްވެސް ވަރަކަށް ބަލާފައިނުވާތީ އެކަމުގައި އޭނާގެ ހުރި ހިތްހަމަ ނުޖެހުން ހިއްސާ ކޮށްފައެވެ.
ގާނާގެ ކޯޗު ބުނީ މިމެޗުގައި އަނެއްކާވެސް ފެނިގެންދިޔައީ ވީއޭއާރު ކޮފީއަށް ދިޔަ ތަން ކަމަށެވެ. ކޮފީ ބުއިމަކީ އާންމު ކަމެއް ކަމަށާއި އޭނާވެސް ދޭތެރެ ދޭތެރެއިން ކޮފީ ބޮއި ހަދާކަމަށެވެ. ނަަމަވެސް ހަގީގަތަކީ އެއީ ޕެނަލްޓީ އެއް ކަމަށެވެ. އަދި މިއީ ޕެނަލްޓީއެއް ކަމަށް އެއްވެސް ފަރާތަކަށް ޝައްކެއް އެބައޮތްތޯ އޭނާ ނޫސްވެރިންގެ ކައިރިންވެސް ސުވާލު ކުރިއެވެ. އަދި މިހުރިހާ ކަމެއް އެހެން ހުރީތީ މިނަތީޖާ އާމެދު އޭނާ ހިތްހަމަ ޖެހޭކަމަށްވެސް ކުއެރޯޒް ފާހަގަ ކުރިއެެވެ.
އިންގްލަަންޑްގެ ކޯޗު ތޯމަލް ޓުޗެލް ފާހަގަ ކުރިގޮތުގައި މިމެޗުގައި ގާނާއިން ކުޅެމުންދިޔަ ޑީޕް ބްލޮކް ރޫޅާލެވޭތޯ ވަރަށް މަސައްކަތް ކުރެވުނު ކަމަށާއި ނަމަވެސް ގާނާއިން ޑިފެންޑް ކުރަމުންދިޔައީ ވަރަށް ވަރުގަދަ ކޮށް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
ޓުޗެލް ބުނީ ގްރޫޕް އެލް އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ އުނދަގޫ އެއް ގްރޫޕް ކަމަށެވެ. މިމުބާރާތުގައި މިހާތަނަށް އިންގްލަންޑް އިން ކުޅުނު ދެމެޗުވެސް ވަރަށް އުނދަގޫ ކަމުގައި އޭނާ ފާހަގަ ކުރިއެެވެ.
މިމެޗުގައި މެޗުގައި އިންގްލަންޑަށް ނަތީޖާއެއް ނެރެވޭވަރަށް އެޓީމަށް ފުރުސަތު ލިބިގެންދިޔަ ކަމަށާއި ނަމަވެސް އެއިން އެއްވެސް ފުރުސަތެއް ލަނޑަކަށް ބަދަލު ކޮށް ނުލެވުނީ ކަމުގައި ޓުޗެލް ފާހަގަ ކުރިއެވެ. އެހެން ކަމުން ގާނާ މެޗުގައިވެސް ކަންތައްތައް ވީގޮތް ބެލުމަށްފަހު ކުރިއަށް އޮތް ޕެނެމާ މެޗަށް ތައްޔާރުވާނެކަމަށް އިންގަލަންޑްގެ ކޯޗު ފާހަގަ ކުރިއެެވެ.