މޫސުން ގޯސްވެ، ބ.އަތޮޅުން ވ.އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ، މިރޭ 10:45 އިން ދަންވަރު 2:45 އާ ހަމައަށެވެ.
އެ އިދާރާއިން ވިދާޅުވީ، ސަމާލު ނެރެފައިވާ ގަޑިތަކުގައި ބ. އަތޮޅުން ވ.އަތޮޅާ ދެމެދުގެ ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
Alert Yellow for torrential rain, thunderstorms, and gusts of 45 mph. pic.twitter.com/lXw4YY17Dr
— Maldives Meteorology (@MetMaldives) June 27, 2026
މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި ފެންވަންނާނެހެން ހުންނަ ގެތަކާއި ފިހާރަތަކުގެ ދޮރުމަތީގައި ވެލިބަސްތާ ޖަހައި ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރައްވައެވެ. އަދި ކަނޑުގަދަ ސަރަހައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ދަތުރުތައް ނުކުރުމަށްވެސް އިލްތިމާސް ކުރައްވައެވެ.