ޚަބަރު

3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


  • މިތަކެތި ރާއްޖެ އެތެރެކުރަން އުޅުނީ މިދިޔަ ހޮނިހިރު ދުވަހު

  • އަތުލައިގަތީ 3.2 ކިލޯގެ ކެނަބިސް

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، އަތުލައިގަނެވިފައިވަނީ 3207 ގުރާމުގެ ކެނަބިސް ބާވަތުގެ މަސްތުވާތަކެތި ކަމަށެވެ. މިތަކެތި އަތުލައިގަނެފައިވަނީ، މިދިޔަ ހޮނިހިރު ދުވަހު، ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރަމުން ދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ޗެކް ކުރުމުގެ ތެރެއިން ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއްވައެވެ.

ދިވެހިރާއްޖެއަށް ވައިގެ މަގުން އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.