ޚަބަރު

ދަ ސްޓެންޑާޑް ބަލިކޮށް, ކޯރާ ކޯރާ ގޮވައިގެން ކުޑަފުށި ފައިނަލަށް!


  • ކޯރާ ކޯރާ އާއި ކުޑަފުށި ލީގު ބުރުގައި މިރޭ ވާދަކުރާނެ

އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ލީގު ބުރުގައި ކުޑަފުށިން ދަ ސްޓެންޑާޑް ބަލިކުރުމުން, ކުޑަފުށްޓާއެކު ކޯރާ ކޯރާ މޯލްޑިވްސް އަށް ފައިނަލުގެ ޖާގަ ޔަގީންވެއްޖެއެވެ.

ގްރޫޕް ސްޓޭޖަށްފަހު, ހަތަރު ޓީމްގެ ލީގު ބުރުގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮއްވާ ފައިނަލުގެ ޖާފަ ކުޑަފުށްޓާއި, ކޯރާ ކޯރާ މޯލްޑިވްސް އަށް ޔަގީންވީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކުރުމުންނެވެ. ދެ ޓީމްވެސް އޮތީ ދެ މެޗުން މޮޅުވެ، 5 ޕޮއިންޓާއެކުއެވެ. އަދި ލީގު ބުރުގައި ދެން އޮތް ބަނޑޮސް މޯލްޑިވްސް އާއި ދަ ސްޓެންޑާޑް ދެ މެޗުންވެސް ބަލިވުމުންނެވެ. ލީގު ބުރުގައި ބަނޑޮހާއި ދަ ސްޓެންޑާޑަށް ބާކީ އޮންނާނީ މާދަމާރޭ އެދެ ޓީމް އެއް ޓީމް އަނެއް ޓީމާ ވާދަކުރާ ލީގު ބުރުގެ ފަހު މެޗެވެ.

ކުޑަފުށިން ދަ ސްޓެންޑަޑް ބަލިކުރީ ސީދާ ތިން ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 25-21, 25-13 އަދި 25-20 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކުޑަފުށީގެ ޝަފަނޫން އެވެ. ފައިނަލްގެ ކުރިން ލީގު ބުރުގައި ކުޑަފުށްޓާއި ކޯރާ ކޯރާ މޯލްޑިވްސް މިރޭ ވާދަކުރާނެއެވެ.

މީދޫ އެކުވެރި ކްލަބުން ބާއްވާ މިމުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ހުކުރު ދުވަހުގެ ރެއެވެ.