އިނގިރޭސިން އަތުން ތަފާތު ބޮޑުކޮށް ބަލިވުމާއެކު ޕާކިސްތާނުގެ ކޯޗު މަގާމުން ވަކިކޮށް ހަތް ކުޅުންތެރިއަކު ޓީމުން ބާކީ ކޮށްފި އެވެ.
ހެޑް ކޯޗު ޝަފްރާޒް އަހުމަދުގެ އިތުރުން ބޯލިން ކޯޗު އުމަރު ގުލް ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. ޓީމުން އުނިކުރި ހަތް ކުޅުންތެރިންނަކީ މުހައްމަދު ރިޒްވާން އާއި އިމާމުލް ހައްގު އާއި ސަލްމާން އަލީ އަގްހާ އާއި އަލީ އުސްމާން އާއި އާމިރު ޖަމާލް އާއި މުހައްމަދު އާވިސް ޒަފަރު އާއި ކުއްރަމް ޝަހްޒާދެވެ.
މި ކުޅުންތެރިންގެ ބަދަލުގައި ޓީމަށް ނަގާފައިވަނީ ސައިމް އަޔޫބް އާއި އަބްދުﷲ ފަޒާލް އާއި ވާތުން އުކާ އޯލް ރައުންޑަރު އަރަފާތް މިންހާސް އައި އިމްރާން ޖޫނިއާ އާއި ވިކެޓް ކީޕަރު އަދި ބެޓްސްމަން ސާދް ބާއިގް އާއި މުހައްމަދު އިމްރާން އާއ ރަޒާއުﷲ އެވެ.
މިހާ ބޮޑު ބަދަލެއް ޓީމަށް ގެނައީ އިނގިރޭސިން އަތުން ޓެސްޓް ކްރިކެޓްގައި 194 ލަނޑުން ބަލިވުމުންނެވެ. މި މެޗުގައި ކިރިޔާ ވެސް ޕާކިސްތާނުގެ ރަނގަޅު ކުޅުމެއް ދެއްކީ 97 ލަނޑު ޖެދި ސައުދު ޝަކީލް އެވެ.
ކޯޗު ޝަފްރާޒް ޓީމުގެ ކޯޗުކަމަށް ހަމަޖެއްސީ މިދިޔަ އޭޕްރީލް މަހު އެވެ. އޭނާގެ ބަދަލުގައި ދެން ކޯޗުކަން ކުރާނީ މައިކް ހެސެން އެވެ.
އިނގިރޭސިންނާއެކު ކުޅޭ ޓެސްޓް ސިލްސިލާގެ ފަހު މެޗުގައި ޕާކިސްތާނުގެ ކެޕްޓަންކަން ކުރާނީ ބާބަރް އަޒަމް އެވެ.