ސްޕެނިޝް ލަލީގާ ގައި ރެއާލް ބެޓިސް އިން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ. ރެއާލް ބެޓިސް އަތުން ރެއާލް މެޑްރިޑް ބަލިވީ 1-0 އިންނެވެ.
މެޗުން ރެއާލް ބެޓިސް މޮޅުކޮށްދިން ލަނޑު ޖެހީ ބަދަލަކަށް ނުކުމެ, ޓްރޯއީ ޕެރޮޓެވެ. ރިޕަބްލިކް އޮފް އަޔަލެންޑްގެ 24 އަހަރުގެ ފޯވާޑް ލަނޑު ޖެހީ 68 ވަނަ މިނިޓްގައި ކުޅެން ނިކުމެ, 81 ވަނަ މިނިޓުގައެވެ. މިއީ އޭނާ ރެއާލް ބެޓިސްއަށް ކުޅެދިން ތިންވަނަ މެޗެވެ. އަދި ޕެލެގްރިނީގެ އިރުޝާދުގެ ދަށުން ކުޅޭ ރެއާލް ބެޓިސްއަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ. ޕެރޮޓަކީ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޓޮޓްނަމް އަށް ދެ މެޗު ކުޅުނު ކުޅުންތެރިއެކެވެ.
މެޗުން ބަލިނުވެ ރެއާލް މެޑްރިޑް ސަލާމަތްކޮށްދޭން އެންމެ ރަނގަޅު ފުރުޞަތު ލިބުނީ އެމްބާޕޭއަށެވެ. މެޗުގެ އިތުރު ވަގުތުގައި ވިނީޝިއުސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެމްބާޕޭ ފޮނުވާލުމުން ބެޓިސްގެ ކީޕަރު އަލްވާރޯ ވަލެސް ދިފާއު ކުރިއެވެ. މިއާއެކު މޮރީނިއޯއާއެކު ސީޒަން ރަނގަޅަށް ފެށި ރެއާލް ތިން މެޗަށްފަހު ސީޒަންގައި ފުރަތަމަ ބަލިވީއެވެ.
ރެއާލް މެޑްރިޑް އޮތީ 4 މެޗުން 9 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އެއްވަނައިގައި ބާސެލޯނާ އޮތީ ތިން މެޗުން 9 ޕޮއިންޓާއެކުއެވެ.