ވޯލްޑް ކަޕާއި ލަލީގާ އަކީ ބެލޮންޑިއޯ ރޭހުގައި އެމްބާޕޭގެ މައްޗަށް ކުރި ހޯދަން ލިބޭ އެޑްވާންޓޭޖެއް ކަމަށް ސްޕެއިން އާއި ބާސެލޯނާގެ ފޯވާޑް ލަމީން ޔަމާލު ބުނެފިއެވެ.
ބެލޮންޑިއޯ ލިބުން ހައްގުކަން ބޮޑީ އެމްބާޕޭއަށް ކަމަށް އޭނާ އަމިއްލައަށް ބުނެފައިވަނިކޮށް, ޔަމާލު ބުނީ އެރޭހުގައި އެޑްވާންޓޭޖް އޮތީ އޭނާއަށް ކަމަށެވެ. އަދި އޭނާގެ ވާދަވެރިއަކީ އެމްބާޕޭ ކަމަށް ޔަމާލު ބުންޏެވެ. ބެލޮންޑިއޯ ރޭހުގައި އެޑްވާންޓޭޖް އޮތް ކަމަށް ޔަމާލު ބުނާ ސަބަބަކީ ސްޕެއިން އާއެކު ވޯލްޑް ކަޕް އުފުލާލުމާއި, ބާސެލޯނާއާއެކު ލަލީގާ އުފުލާލުމެވެ. އަދި މިދިޔަ ސީޒަންގައި ލަލީގާގެ މޮޅު ކުޅުންތެރިއަކީ ވެސް ޔަމާލު އެވެ. ވޯލްޑް ކަޕް ސްޕެއިން އުފުލާލުމުގައިވެސް ޔަމާލު މުހިއްމު ދައުރެއް އަދާކުރިއެވެ.
"އަހަރެން ހަގީގަތުގައިވެސް ގަބޫލުކުރަނީ އެވޯޑް އުފުލާލަން ވާދަކުރާނީ އަހަންނާއި އެމްބާޕޭކަމަށް. އެކަމަކު މިއަހަރު އެވޯޑް އެންމެ ހައްގީ އަހަންނަށް, އެއީ އަހަރެން ހޯދި ކާމިޔާބީތަކުގެ ސަބަބުން.ލަމީން ޔަމާލު
ޔަމާލު ބުނީ އޭނާއާ އެމްބާޕޭ އަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށެވެ. އެކަން އޭނާއާއި ފުޓްބޯޅަ ބަލާ ފުޓްބޯޅަ އިނގޭ އެހެން އެންމެންނަށްވެސް ގަބޫލުކުރެވޭ ކަމަށް ޔަމާލު ބުންޏެވެ.
އެކަމަކު އެމްބާޕޭ ގަބޫލުކުރަނީ ބެލޮންޑިއޯ މިފަހަރު އެންމެ ހައްގީ އޭނާއަށް ކަމަށެވެ. އެއީ އެވޯޑަކީ އިންޑިވިޖުއަލް އެވޯޑަކަށް ވެފައި, އިންޑިވިޖުއަލް ކާމިޔާބީތަކުގައި އޭނާއަށް ކުރި ލިބޭތީ ކަމަށް އެމްބާޕޭ ބުންޏެވެ. އޭނާ ފާހަގަކުރީ ލަލީގާގެ ރަންބޫޓާއި, ވޯލްޑްކަޕާއި ޗެމްޕިއަންސް ލީގުގެ ރަންބޫޓް ލިބުމެވެ. އެކަމަކު އެއިން އެއްވެސް މުބާރާތެއްގެ ތަށި އުފުލާ ނުލެވުމަކީ އެވޯޑް އުފުލާލުމަށް އެމްބާޕޭއަށް އޮތް ހުރަހެކެވެ.
އެންމެފަހުން ބެލޮންޑިއޯ އުފުލާލީ ޕީއެސްޖީގެ ފްރާންސް ފޯވާޑް ޑެމްބެލޭއެވެ. އޭނާގެ ފަހަތުން ދެވަނަ ހޯދީ ޔަމާލު އެވެ. ބެލޮންޑިއޯ އެވޯޑް ދިނުން އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ލަންޑަންގައެވެ.