ޚަބަރު

ރާއްޖެއިން ފެނުނު ލަންކާ މަސްބޯޓް އުލިގަމަށް ގެންގޮސްފި


ހއ. އަތޮޅު ބޭރުން އިއްޔެ ފެނުނު ލަންކާގެ މަސް ބޯޓު އުލިގަމަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓް ކަފު ޖަހައިގެން އުލިގަމަށް ގެންގޮސްފައިވަނީ މިއަދު ހެދުނު ހަގަޑި ފަނަރަކަންހާއިރުކަމަށެވެ. އަދި އެބޯޓްގެ އިންޖީނު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖޭގެ ސަރަހައްދުން ފެނުނު މި ބޯޓް ލަންކާއަށް ފޮނުވާލުމުގެ މަސައްކަތް ލަންކާގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުން އަންނަކަމަށާއި އެ ބޯޓް ކަފުޖަހައިގެން ލަންކާއަށް ގެންދިޔުމަށް ލަންކާއިން އެހެން ބޯޓެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

img:http://s4.psmnews.mv/images/660x400/15130542146774.jpg|

ހާލުގައި ޖެހިފައިވާ ސްރީލަންކާގެ މި މަސްބޯޓް  އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއަށް ފެނިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ބޯތް ފެނިފައިވަނީ  ތޫފާން "އޯރޗީ" ގައި ހާލުގައި ޖެހުނު މަސްބޯޓުތައް ހޯދުމުގެ މަސައްކަތްކުރަމުންދަނިކޮށް ހއ.ތުރާކުނުގެ 62 ނޯޓިކަލް މޭލު ބޭރުންކަމަށާއި މި ބޯޓުގައި ހަތް މީހުން ތިބިކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި  މި ހަތް މީހުންގެ ހާލު ރަނގަޅުކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.