ގދ. ފަރެސްމާތޮޑާގައި ބެންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގދ. ފަރެސްމާތޮޑާގައި ހުޅުވާފައިވާ ސެލްފް ސާވިސް އޭޓީއެމުން ފައިސާ ނެގުމުގެ އިތުރުން މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް 24 ގަޑިއިރު ލިބޭނެކަމަށް ބީއެމްއެލުން ބުނެއެވެ. މިއީ ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި ޚިދުމަތް އިފްތިތާހުކޮށްދެއްވާފައިވަނީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިރެކްޓަރ އޮފް ބީއެމްއެލް އިސްލާމިކް ޒުލްޤަރްނައިން ބިން ތަމަންއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އަންނަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗާއި 32 ސެލްފްސަރވިސް ބޭންކިންގ ސެންޓަރާއި 91 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ދެމުންނެވެ.