ރިޕޯޓް

400އަށްވުރެ ގިނަ ޓީޗަރުން ހޯދަން ޢިޢުލާންކޮށްފި


ދިރާސީ އައު އަހަރު ފެށެންވާއިރަށް ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަކުރުމަށް ހަތަރުސަތޭކައަށްވުރެ ގިނަ ޓީޗަރުން ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިޢުލާންކޮށްފިއެވެ. ދިރާސީ އައު އަހަރު ފެށެންވާއިރަށް ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަކުރުމަށް ހަތަރުސަތޭކައަށްވުރެ ގިނަ ޓީޗަރުން ހޯދަން އެޑިއުކޭޝަން މިނިސްޓްރީން  ވަނީ އިޢުލާންކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުން ހޯދަން އިޢުލާންކޮށްފައިވާ މާއްދާތަކުގެ ތެރޭގައި އިކޮނަމިކް ސްޓަޑީސް އާއި ޖެނަރަލް ސައިންސާއި، ކޮމްޕިއުޓަރސްޓަޑީޒް އާއި، ދިވެހި އަދި އިސްލާމް މާއްދާތަކުގެ އިތުރުން އެހެން މާދާތަކައްވެސް ހިމެނެއެވެ.

މިދިޔަ ހަފުތާ އިން ފެށިގެން ގިނަ ސްކޫލުތަކަކުން އަންނަނީ ޓީޗަރުން  ހޯދުމަށް އިއުލާން ކުރަމުންނެވެ. ޓީޗަރުން ހޯދުމަށް އެންމެ ގިނައިން އިޢުލާނުކޮށްފައިވަނީ ރަށްރަށުގެ ސްކޫލުތަކަށެވެ. އެހެންނަމަވެސް މާލޭގެ ބޮޑެތި ސްކޫލްތަކުގެ ތެރެއިން  އަމީނިއްޔާ ސްކޫލާއި، ހިރިޔާ ސްކޫލްފަދަ ސްކޫލްތަކަކަށްވެސް ވަނީ ޓީޗަރުން ހޯދަން އިޢުލާންކޮށްފައެވެ.

ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނާއި، ނުކުޅުންތެރިކަން ހުންނަ ދަރިވަރުންނަށް ތަޢުލީމުދޭ ނިޒާމު ހަރުދަނާކުރައްވައި އެފަދަ ކުދިންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން ދިރާސީ އަހަރު ފެށޭއިރު ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެއްވާނެ ސެން ޓީޗަރުން ފޮނުވަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން އެފަދަ ޓީޗަރުން ހޯދުމަށް އިޢުލާން ކޮށްފައިވާއިރު މީގެ ކުރިންވަނީ ސެން ޓީޗަރުންނަށް ޚާއްސަކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއްވެސް ހިންގާފައެވެ.

ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަވަމުން އަންނަ 212 ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަކުރެއްވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ގެންދަވަނީ މިހާރުވެސް މަސައްކަތްތަކެއް ކުރަމުންނެވެ.

ޕްރީ ސްކޫލް ތަޢުލީމްވެސް ސަރުކާރުން ފަށްޓާވާފައިވާއިރު މިއަހަރު އެ ޓީޗަރުންވެސް ސަރުކާރުގެ ދާއިމީ ޓީޗަރުންނަށް ހެދުމަށް ވަނީ ހަމަހެޖިފައެވެ. އެގޮތުން މިހާރުވެސް ވަނީ 600 ޕްރައިމެރީ ޓީޗަރުން ހޯދުމަށް އިޢުލާން ކޮށްފައެވެ.

މިއަހަރުގެ ސްކޫލްތައް ފެށެންވާއިރަށް ސްކޫލަތަކަށް ޓީޗަރުން ހަމަކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީދަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރަމުންނެވެ. ވޭތުވެ ދިޔަ ހަފުތާ އިން ފެށިގެން ޓީޗަރުން ހޯދަން ސްކޫލުތަކުން އިޢުލާންކޮށްފައިވަނީ ސްކޫލުތަކުގައި ތިބި ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހިންނަށް ފުރުސަތު ދިނުމަށްކަމައްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.