ކުޅިވަރު

އަފްއާނިސްތާން ޓީމް ދަތުރުކުރަމުންދިޔަ ބަސް އެކްސިޑެންޓްވެއްޖެ





 


އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރާ އަފްއާނިސްތާން ޓީމް ދަތުރުކުރަމުންދިޔަ ބަސް އެކްސިޑެންޓްވެ ޓީމުގެ ބައެއް ކުޅުންތެރިންނަށާ އޮފިޝަލުންނަށް އަނިޔާވެއްޖެއެވެ.


 
މި އެކެސިޑެންޓް ހިނގަން މެދުވެރީވީ އައްޑު ލިންކް ރޯޑުން ދުއްވާފައިދިޔަ ސައިކަލެއް އަނބުރާލަން އުޅުމުގެ ތެރޭގައި، ހިނގި ހާދިޘާއެއްގައިކަމަށް މަޢުލޫމާތުލިބެއެވެ. މި އެކްސިޑެންޓުގައި އަފްއާނިސްތާނުގެ ހަތަރު ކުޅުންތެރިންގެ އިތުރުން ޓީމުގެ ކުރީގެ ކޯޗާ މެނޭޖަރަށް އަނިޔާވެފައިވާކަމަށް މަޢުލޫމާތުލިބެއެވެ. އަދި މީގެ އިތުރުން އެ ބަހުގައި ދަތުރުކުރަމުންދިޔަ މުބާރާތުގެ އިތުރު އޮފިޝަލުން ތަކަކަށްވެސް އަނިޔާ ލިބިފައިވާކަމަށް މަޢުލޫމާތުލިބެއެވެ.


 
 
އަނިޔާ ލިބުނު ކުޅުންތެރިންގެ ތެރޭގައި އަފްއާނިސްތާނުގެ ކެޕްޓަން ހާރުން ފަހުރުއްދީން އަމީރީވެސް ހިމެނެއެވެ.  އެކްސިޑެންޓުގައި އަނިޔާ ލިބުނު ތިން ފުލުހުންނާއި އެމްއެންޑީއެފްގެ އޮފިޝަލަށް އިތުރު ފަރުވާ ދިނުމަށް މިރޭ މާލެ ގެނައުމަށް ހަމަޖެހިފައިވާކަމަށް ފުލުހުންގެ މީޑިއާއިން މަޢުލޫމާތުދެއެވެ.


 
މީގެ އިތުރުން އަނިޔާ ލިބުނު މީހުންގެތެރެއިން އަފްޣާނިސްތާނުގެ އެއްކުޅުންތެރިއެއްފިޔަވައި އެހެން ހުރިހާ އެންމެން ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް އައްޑޫގައި ތިބި އަޅުގަނޑުމެންގެ ރިޕޯޓަރުން މަޢުލޫމާތުދެއެވެ.


 
 


އަފްޣާނިސްތާން ޓީމް އެއްކުޅުން ތެރިން ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން މިހާރުވަނީ މާލެ އައިސްފައެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކުޅުންތެރިޔާ މާލެއައުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުކަމަށްވެސް އަޅުގަނޑުމެންގެ ރިޕޯޓަރުން މަޢުލޫމާތުދެއެވެ.