އދ.މާމިގިލިގައި ސަރުކާރުން ޤާއިމްކުރި ވިޔަފާރި ބަނދަރު ރަސްމީކޮށް ހުޅުވައިފިއެވެ. މި ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވީ އިކޮންމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.
ދުއިސައްތަ ފަސްދޮޅަސް ތިންމީޓަރުގެ މި ބަނދަރަކީ ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު އިންޓަރނޭޝަނަލް ޕޯޓެވެ. މާމިގިލީގައި މިފަދަ ބަނދަރެއް ހެދުމަށް ސަރުކާރުން ނިންމާފައިވަނީ އެ ސަރަޙައްދަކީ ރިސޯޓުތައް ގިނަ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއާށްގެންދާ ސަރަޙައްދަކަށް ވުމުންނެވެ. މީގެއިތުރުން މި ބަނދަރުގެ ސަބަބުން އެ ސަރަޙައްދަށް މުދާ އުފުލުމަށްކުރާ ޚަރަދު ކުޑަވުމާއި މާލޭ ބަނދަރުގެ ތޮއްޖެހުން އެތައް ގުނައަކަށް ކުޑަވެގެންދާނެކަމަށް އެމްޕީއެލްއިންބުނެއެވެ.
މާމިގިލި ވިޔަފާރި ބަނަދަރު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ މާމިގަލި ބަދަރު އިތުރަށް ތަރައްޤީވަމުންދާވަރަކަށް ވިޔަފާރިތައްވެސް ކުރިއަރައިގެންދާނެކަމަށާ ބަނދަރުގެ ހުރިހާ ޚިދުމަތްތައް ފުރިހަމަވަމުންއަންނައިރު ގިނަ ޢަދަދެއްގެ ވަޒީފާތައްވެސް އުފެދޭނެކަމަށެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުދާ އެތެރެކޮށް ބޭރުކުރުން އިތުރުވެފައިވާއިރު ސަރުކާރުގެ އަމާޒަކީ ބައިނަލް އަޤްވާމީ ވައިގެ ބަނދަރާއި ކަނޑުގެ ބަނދަރުވެސް ތަރައްޤީކުރުންކަމަށެވެ.
މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕޯއެލްގެ ސީއީއޯ ޢަބްދުރައްޒާގު ޙަލީމް ވިދާޅުވީ މާމިގިލީ ޕޯޓުންވެސް ޚާއްސަ ޢިނާޔަތްތައް ލިބޭނެގޮތް ހަމަޖެއްސުމަށް ސަރުކާރާއެކު މަޝްވަރާކުރާނެކަމަށެވެ. އެ ސަރަޙާއްދުގައި ގިނަ އިންވެސްޓްމަންޓްތައް ކުރުމަށް އެމްޕީއެލްއިން ރާވާފައިވާކަންފާހަގަކޮށް ޙަލީމް ވިދާޅުވީ ބަނަދރުގައި ބޮންޑެޑް ވެއާހައުސްއާއި ކޯލްޑް ސްޓޯރޭޖްއާއި ބޯޓް ޔާޑާއި މަސްވެރިންނަށް އައިސް ވިއްކޭނެފަދަ ވަސީލަތްތައް ކުރިއަތްއޮތްނުގައި ޤާއިމްކުރުމަށް ނިންމާފައިވަކަމަށެވެ.
ޢަބްދުރައްޒާގު ހަލީމް ވިދާޅުވިއެވެ.
މާމިގިލިގައި ކަނޑުގެ ބަނދަރެއް ތަރައްޤިކުރުމަށް ސަރުކާރުން ނިންމީ 2017 ވަނަ އަހަރުގެ އޭޕްރީލްމަހުގައެވެ. އެމްޕީއެލްއިން ބުނީ ކުރިން ކަނޑައަޅާފައިވާ ދުވަހަށް ބަނދަރުގެ މަސައްކަތް ނުނިމި ލަސްވެފައިވަނީ ދިމާވި ދަތިތަކެއްގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް ގިނަ ފަރާތްތަކެއްގެ އެއްބާރުލުންތަކާއެކު ކުޑަމުއްދަތެއްގެ ތެރޭގައި ގޮންޖެހުންތައް ހައްލުވެގެން ދިޔަކަމަށް އެޕްޕީއެލްއިން ބުނެއެވެ.