ޚަބަރު

ތިލަފުށީ ފަޅު ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ


ތިލަފުށި: ތިލަފުށީ ފަޅު ތެރޭގައި މީހަކު މަރުވެފައި އޮށްވާ ވަނީ ފެނިފައި - ފައިލް ފޮޓޯ: ޕީއެސްއެމް

ތިލަފުށީ ފަޅު ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ތިލަފުށީ ފަޅު ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް މިއަދު ހަވީރު 5:04 ހާއިރު ލިބިފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު އިތުރު ތަފްޞީލެއް ދެވެން ނެތް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ތިލަފުށީ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ދިވެހި ފިރިހެނެކެވެ.