ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި 21 މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގި އޮޕަރޭޝަންއެއްގައި، މަސްތުވާތަކެތިކަމަށް ބެލެވޭ ރަބަރު ޕެކެޓުތަކަކާއިއެކު 21 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލީމާތުދެއްވިގޮތުގައި މިއޮޕަރޭޝަނުގައި ކޯޓުއަމުރުގެ ދަށުން މާފަންނު ގެއެއް ބަލައި ފާސްކޮށް، 20 ދިވެއްސަކާއި ބިދޭސީއަކު ހައްޔަރިކޮށްފައިވާކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރި 20 ދިވެހިންގެ ތެރޭގައި ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްވެސް ހިމެނޭކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި މިގެ ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 38 ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްތުވާތަކެތި ގެންގުޅުން ހުއްޓުވުމަށް ފުލުހުން ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންދާއިރު، ވޭތުވެދިަޔަ ތިން އަހަރުގެ ތެރޭގައި 130 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވާކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ.