ޚަބަރު

ފުވައްމުލަކު ސިޓީގައި ކޮމިއުނިޓީ ވޮލެންޓިޔަރ ފަޔަރ ފައިޓަރ ޓްރެއިނިންގް ޕްރޮގްރާމެއް ބާއްވައިފި


ފުވައްމުލަކު ސިޓީގައި 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޮމިއުނިޓީ ވޮލެންޓިޔަރ ފަޔަރ ފައިޓަރ ޓްރެއިނިންގް ޕްރޮގްރާމް ނިންމުމުގެ ރައްސްމިއްޔާތު ބާއިވައިފިއެވެ.

މި ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސަދަންއޭރިއާގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ ޢަލީ ސަލީމެވެ. މޭޖާރ އަލީ ސަލީމް ވަނީ ޕްރޮގްރާމުގެ ބައިވެރިންނަށް އެނގުނު މަޢުލޫމާތާއި ދަސްވި ކަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެދިވަޑައިގެންފައެވެ. އަދި އަލިފާނުގެ ހާދިސާއެއް ހިނގައިގެންއުޅޭ ހާލަތުގައި، ފަޔަރަ އެންޑް ރެސްކިއު ޓީމަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމިއުނިޓީ ވޮލެންޓިޔަރ ފަޔަރ ފައިޓަރ ޓްރެއިނިންގް ޕްރޮގްރާމަކީ ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ފުވައްމުލަކު ސިޓީގެ އެކިއެކި މުވައްސަސާތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނެވެ.