ސިޓީ ކައުންސިލް
މިހާރު ހިންގަމުންގެންދާ ގ. ބިއްލޫރިޖެހިގެ ހަތަރު ދުވަސްތެރޭ ހުސްކޮށް ސަރުކާރާއި
ހަވާލުކުރަން އަންގާފައި ވާކަމަށާއި އެކަމުގެ ސަބަބުން ސިޓީ ކައުންސިލުން
ދެމުންގެންދާ ގިނަ ހިދުމަތްތަކެއް މުއްދަތެއް ނޭނގޭ ފަދަ ގޮތަކަށް މެދުކެނޑިގެން
ދިއުމުގެ ބިރު އެބައޮތްކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލްގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީގެ މޭޔަރ މުހައްމަދު ޝިހާބު
ވިދާޅުވީ މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގެ އެންމެހާރައްޔިތުންގެ ލިޔެކިއުން
ތަކާއި ޢިމާރާތްތަކުގެ ކުރެހުންތައް ސިޓީކައުންސިލްގައި ރައްކާކޮއްފައި ބަހައްޓަން
ޖެހޭކަމަށެވެ. ނަމަވެސް ބިއްލޫރި ޖެހިގޭގެ ބަދަލުގައި ސިޓީ ކައުންސިލް ހިންގުމަށް
ދީފައިވާ ހުރަވީ ބިލްޑިންގެ ދެ ފްލޯގައި މީދަލުގެ އުނދަގޫ ބޮޑު ކަމަށާއި ގުދަން
ނުކުރުމަށް ހައުސިގ މިނިސްޓްރީން އަންގާފައި ވާކަމަށް ޝިހާބު ވިދާޅުވިއެވެ. އެހެން
ކަމުން ހުރަވީ ބިލްޑިގަކީ ހަތަރު ވަރަކަށް ދުވަސްތެރޭ ބޮޑު އޮފީހެއް ބަދަލުކޮއްލެވޭނެ
ފަދަ ޢިމާރާތެއް ނޫންކަމަށް ޝިހާބު ވިދާޅުވިއެވެ.
ސިޓީ ކައުންސިލް
ހިންގަމުންދާ ބިއްލޫރިޖެހިގެ ހުސްކުރުމަށް އެންގުމާއިއެކު އެޢިމާރާތާއި އިންވެގެން
ކުރިން ސިޓީކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ހުސްބިމުގައި އެމް.އެން.ޑީ.އެފް
ފަޔާއެންޑް ރެސްކިއުގެ ވެހިކަލްތަކެއް މިހާރު ވަނީ ބަހައްޓާފައެވެ.