ކ.ދިއްފުށީގައި ހިންގި މާރާމާރިއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ މި މާރާމާރީގައި ޒަޚަމްވި ދެ މީހުންނަށް ދިއްފުށި ހެލްތް ސެންޓަރގައި ފަރުވާ ދިނުމަށްފަހު އެކަކު ދޫކޮށްލާފައިވާކަމަށެވެ. އަދި އަނެއް މީހާއަށް އިތުރު ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެނެސްފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ ދިއްފުށީގައި މާރާމާރިއެއް ހިންގައިގެން އުޅޭކަމުގެ ރިޕޯޓްކޯށްފައިވަނީ މިރޭ 19:30 ހާއިރުކަމަށެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަމެއް އަދި ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.