ބައިބަލާ މުބާރާތުގެ ފުރަތަމަ ރޭ އަށް މެޗު ކުޅެފިއެވެ. ފުރަތަމަ
މެޗް ކުޑަހެންވޭރު މެންޒޯލާ ކާމިޔާބުކޮށްފައިވަނީ ޓީސީ ފްރެޓާނިޓީއާ ވާދަކޮށެވެ. ގަދަ ހިފުމަށް ގޮސްގެން އޮއިހާ ސްޕޯޓްސް ކުލަބް މެޗް ކާމިޔާބުކޮށްފައިވަނީ ބުރު
ސްޕޯޓްސް ކުލަބާއި ވާދަކޮށްގެންނެވެ.
ސީކޭ ވަނީ ސީދާ ދެ ގޭމްއިން މެޗު ކާމިޔާބުކޮށް، ބީޖީ ނިއު ޖެނެރޭޝަންގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ބުރު ރީޔޫނިއަން ވަނީ ސަޅި
ޒެފްރޯލްގެ މައްޗަށް ސީދާ ދެ ގޭމްއިން ކުރި ހޯދާފައެވެ. ޕަންކް ނެކްސްޓް ލެވެލްވެސް ވަނީ
ސިދާ ދެ ގޭމްއިން އޮއިހާ ޕްރޯގެ މައްޗަށް ކުރި ހޯދާފައެވެ.
ކުލަބް ގްރީން ސްޓްރީޓް
މެޗް ކާމިޔާބުކޮށްފައިވަނީ ދަ ބައުސް ސްޕޯޓްސް ކުލަބާއި ވާދަކޮށްގެނެވެ. މިމެޗް
ކުލަބް ގްރީން ސްޓްރީޓް ގެންދިޔައީ ސީދާ ދެ ގޭމުންނެވެ. ކުލަބް ވޯންޓަޑްއިންވެސް ވަނީ
ސީދާ ދެ ގޭމުން ސައިލެންޓް ސީކޭގެ މައްޗަށް ކުރި ހޯދާފައެވެ. ރޭގެ ފަހު މެޗް ނަލަ
ހިޔާ ގްރީން ސްޓްރީޓްއިން ކާމިޔާބުކުރީ އާރްއެލްސީ ކަންމައްޗާއި ވާދަކޮށް ސީދާ
ގޭމުންނެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައެޅިފައިވަނީ އެއްލައްކަ
ރުފިޔާއެވެ. ބައިބަލާ އެސޯސިއޭޝަނުން މައުލޫމާތުދެއްވާ ގޮތުގައި އޮފިޝަލުނާއެކު
މުބާރާތުގައި ބާރަސަތޭކައެއްހާ ޒުވާނުން ހަރަކާތްތެރިވާނެއެވެ.
މިމުބާރާތުގެ ކުޅުން
މިރޭވެސް ކުރިއަށްދާނެއެވެ. މިމުބާރާތުގެ މެޗުތައް ޓީވީއެމްއިން ވަގުތުން
ދައްކާނެއެވެ.