މިނިވަން ފަންސާސް ޗެމްޕިއަންޝިޕުން ޔޫތް ޓީމްތަކަށް
ކުޅުންތެރިން ނަގާނެކަމަށް އެފްއޭއެމްއިން ބުނެފިއެވެ. އެފްއޭއެމްގެ ޓެކްނިކަލް
ޑައިރެކްޓަރ މުޙަންމަދު ޝިޔާޒު ވިދާޅުވީ އަންނަ މަހުގެ ފަނަރަ ވަނަ ދުވަހު ފަށާ
އެމުބާރާތުގައި ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ކުޅެވޭނެކަމަށެވެ. ނަމަވެސް
ދަރިވަރުންނަށް ކުޅެވޭނީ ހަމަޖެހިފައިވާ އުޞޫލުން ބެލެނިވެރިޔާއި ސްކޫލް ނުވަތަ
އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައިގެ ދަށުންކަމަށް ޝިޔާޒް ވިދާޅުވިއެވެ.
" ބެލެނިވެރިޔާގެ ހުއްދައާއި ސްކޫލް ނުވަތަ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިގެން ހަމަޖެހިފައިވާ އުޞޫލުން ކުޅެވޭނީ. އެކުޅުންތެރިންގެ ކުޅުން އަޅުގަނޑުމެން ރެންޑަމްކޮށް ބަލާނަން. ކޮންމެ ހަފްތާ ބަންދެއްގައި އެއްފަހަރާ ތިރީސް ފަސް މެޗު ކުޅޭއިރު ހުރިހާ މެޗެއް ނުބެލޭނެ. ނަމަވެސް ހުރިހާ ކުޅުންތެރިންގެ ކުޅުންވެސް އަޅުގަނޑުމެން ބަލާނަން. އަދި ހުނަރުހުރި ކުޅުންތެރިންނަށް ފުރުޞަތުދެވޭނެ ގޮތްތައް ސްކޫލްތަކާއި މިނިސްޓްރީއާއި ބެލެނިވެރިންނާ ވާހަކަ ދައްކައިގެން އަޅުގަނޑުމެން ހަމަޖެއްސޭތޯ ބަލާނަން. ޝިޔާޒް ވިދާޅުވިއެވެ.
އެގޮތުން ސޯޅަ
އަހަރުން ދަށާއި އޮނަވިހި އަހަރުން ދަށުގެ ޓީމުން ފުރުޞަތުދެއްވާނެކަމަށް ޝިޔާޒު
ވިދާޅުވިއެވެ. ގިނަ ރަށްތަކެއްގެ ޓީމްތައް ބޮޑަށް ބިނާވެފައި އޮތީ ނަވާރަ އަހަރުން ދަށުގެ ކުޅުންތެރިންގެ މައްޗަށެވެ.