ޚަބަރު

މާލެއިން އިތުރު 8 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ


މާލެއިން އިތުރު 8 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި އެންމެން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެ ތެރޭގައި ހިމެނެނީ 6 ދިވެހިންނާއި، 2 ބިދޭސީންނެވެ.

ކޯވިޑް-19އިން ރައްކާތެރިވެ މުޖުތަމައުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޕޮޒިޓިވްވާ މީހުންނާއި ސީދާ ދިމާވިމީހުން ދެނެގަނެ، އެމީހުން ކަރަންޓީނުކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމާއިއެކު ކުރަމުންނެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 60 މީހެކެވެ. މީގެ ތެރެއިން 40 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ. މިއަދު މާލެއިން ކޯވިޑް-19އަޑް ޕޮޒިޓިވްވީ 6 ދިވެހިންނާއި ބަންގްލަދޭޝްގެ 2 މީހުންނެވެ.

މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހުން

  • 15 އޭޕްރީލް 2020ގައި 1
  • 16 އޭޕްރީލް 2020ގައި 2 މީހުން
  • 17 އޭޕްރީލް 2020ގައި 6 މީހުން
  • 18 އޭޕްރީލް 2020ގައި 7 މީހުން
  • 19 އޭޕްރީލް 2020ގައި 17 މީހުން
  • 20 އޭޕްރީލް 2020 8 މީހުން

އަތޮޅުތަކުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ މީހުން

19 އޭޕްރީލް 2020ގައި ހއ.އުލިގަމުން އެކަކު

ރަނގަޅުވި މީހުން

  • 20 މާރޗް 2020ގައި 2 މީހަކު
  • 21 މާރޗް 2020ގައި 1
  • 23 މާރޗް 2020ގައި 2 މީހަކު
  • 25 މާރޗް 2020ގައި 3 މީހަކު
  • 26 މާރޗް 2020ގައި 1
  • 28 މާރޗް 2020ގައި 2 މީހަކު
  • 29 މާރޗް 2020ގައި 2 މީހަކު
  • 12 އޭޕްރީލް 2020ގައި 1
  • 14 އޭޕްރީލް 2022ގައި 2 މީހުން

ކޯވިޑް-19އިން ރައްކާތެރިވުމަށާއި، މުޖުތަމައުގައި ބަލި ފެތުން ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާލެ ސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުންކޮށް، އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.