ޚަބަރު

ކޯވިޑް-19 : އިތުރު 2 ދިވެހިން ޕޮޒިޓިވް ވެއްޖެ


މާލެއިން އިތުރު ދެ ދިވެއްސަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މީގެ އިތުރުކޮޅެއް ކުރިން ޕޮޒިޓިވްވި މި ދެދިވެހިންނަކީ ފްލޫކްލިނިކަށް ޑޮކްޓަރަށް ދެއްކުމަށް ގެންދިޔަ ދެމީހުންނެވެ. މިދެމީހުން އައިސޮލޭޝަން ފެސިލިޓީއަސް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ދެމީހުންނާއިއެކު މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 66 އަށް އަރާފައެވެ. ރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވެފައިވަނީ 86 މީހެކެވެ.

މާލެއިން ބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި ގިނަބަޔަކު ވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޑެލިވަރީގެ ޙިދުމަތްތަކާއި، އާންމު އެހެން ޚިދުމަތްތަކުގައިވެސް އުޅޭމީހުން ފެނިފައިވާތީ އެމީހުންނާއި ދިމާވި މީހުން ލަސްނުކޮށް އެޗްޕީއޭއަށް ރިޕޯޓްކުރުމަށް ވަނީ އާންގަވާފައެވެ.