ޚަބަރު

ފަތުރުވެރިކަމާބެހޭ ޚާއްސަ ވެބިނަރއެއް ބާއްވައިފި


ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޯވިޑް-19ގެ ސަަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ދާއިރާގެ އެކި ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް އެމްއެމްޕީއާރުސީން އިންތިޒާމްކުރާ އޮންލައިން ސެމިނާރ ނުވަތަ ވެބިނަރ ފަށައިފިއެވެ.

"ރިއެކްޓް، ރީތިންކް، ރިކަވަރ - ސޮލިއުޝަންސް ޓު ދަ ކޯވިޑް-19 ކްރައިސިސް"ގެ ނަމުގައި ފެށި މި ވެބް-ސެމިނާ، ނުވަތަ ވެބިނާއަކީ މޯޯލްޑިވްސް މާކެޓިން އެންޑް ޕަބަލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާ އާއި ޓްރިޕް އެޑްވައިޒަރއާއި ގުޅިގެން ބޭއްވި ސެމިނަރއެކެވެ. މިސެމިނާގައި ފަތުުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުން ބައިވެރިވެ، މިހާރު ކުރިމަތިވަމުން މިދާ މައްސަލަތަކާ ބެހޭގޮޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

90 މިނެޓުގެ މިސެމިނާގައި ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަަށް ލިބެމުންދާ ގެއްލުމާއި، މިގެއްލުންތަކުން އަރައިގަނެވޭނެ ގޮތްތަކާއި އެހެނިހެން ކަންކަމާބެހޭ ގޮތުން މަޝްވަރާކުރެއްވިކަމަށް އެމްއެމްޕީއާރުސީން މަައުލޫމާތުދެއެވެ.

ސެމިނާގައި ސާސް އަދި މާޒް ފަދަ ބަލިމަޑުކަމުން އަރައިގަތުމުގައި ދުނިޔޭގެ ފަތުުރުވެރިކަމުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ބޭފުޅެއްކަމަށްވާ އީޓުއަރިޒަމް ފްރޮންޓިއާޒްގެ ސީއީއޯ ޑެމިއަން ކުކް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޑެމިއަން ކުކް ވަނީ މި ސެމިނާގެ ބައިވެރިންނަށް މިހާރު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވަމުން މިދާ ދަތިތަކުން އަރައިގަތުމުގައި ކަންކުރެވޭނެ ގޮތްތަކާބެހޭ މައުލޫމަތު ހިއްސާކުރައްވާފައެވެ.

ސެމިނާގައި ބައިވެރިވެވަޑައިގެންނެވި އިތުރު ފަރާތްތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތައްޔިބް މުހައްމަދާއި ޕާޓާގެ ސީއީއޯ މާރިއޯ ހާޑީ އާއި ޕާޓާގެ ޑިރެކްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޕައުލް ޕްރުއަންކާންއާއި ޓްރިޕް އެޑްވައިޒަރގެ ގްރޫޕް ހެޑް އޮފް ޑެސްޓިނޭޝަން މާރކެޓިން ފޮރ އޭޝިއާ ޕެސިފިކް ސާރާ މެތިއުސް އަދި ޓްރިޕް އެޑްވައިޒާގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ ފޮރ އޭޝިއާ ޕެސިފިކް ލިއޮން ޗަން ހިމެނިވަޑައިގަންނަވައެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވަނީ ކޯވިޑް19ގެ ސަބަބުން ޓޫރިޒަމްގެ ދާއިރާއަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ މި ހާލަތުގައިވެސް ރާއްޖޭގެ ރީތިކަން ނުފޮހެވި އެ ގޮތުގައި ދެމެހެއްޓުމަށްކަމަށް ވިދާޅުވެފައެވެ.