ޚަބަރު

ކޯވިޑް-19 : އޯލެވެލްއާއި އެސްއެސްސީ އިމްތިހާން ފަސްކުރަން ނިންމައިފި


މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އައި،ޖީ.ސީ،އެސް،އީ އަދި އެސް،އެސް،ސީ އިމްތިހާން ފަސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ވިޑް 19ގެ ސަބަބުން މިއަހަރު ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުން ބައިވެރިވާ ސާނަވީ ނިންމާ އިމްތިހާން ތަކަށް ބޭނުންވާ ސިލަބަސް ނިންމައި އިމްތިހާން ތަކަށް ތައްޔާރުވުމަށް
އެކަށީގެންވާ ވަގުތު ލިބޭނެކަމަށް ނުފެންނާތީ މިއަހަރުގެ އޮކްޓޯބަރ ނޮވެންބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީސީއީ އޯލެވެލް، އައި،ޖީ.ސީ،އެސް،އީ އަދި އެސް،އެސް،ސީ އިމްތިހާން އެދުވަސްވަރުގައި ނުބާއްވާގޮތަށް ހަމަޖެހިފައިވާ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީންވަނީ ނިންމަވާފައެވެ.

އަދި ބީޓެކްގެ މާއްދާތައް ކިޔަވާ ދަރިވަރުންގެ އެސައިންމަންޓް ސުންގަޑިތައްވެސް އަލުން މުރާޖަޢާކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ނިންމުމާއި ގުޅިގެން ދެން އިމްތިހާން ބާއްވާނެ ދުވަސްވަރެއް ކަނޑައެޅުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މިބަދަލު ގެނައުމުގައި އެންމެބޮޑު އިސްކަމެއް ދޭނީ ދަރިވަރުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށްކަމުގައި އެޑިއުކެޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އަދި މިބަދަލާ ގުޅިގެން ކީސްޓޭޖް 5 (ގްރޭޑް 11 އަދި 12) ގެ ދަރިވަރުން ހަދާ އިމްތިހާންތައް ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚްތަކަށް އިތުރުބަދަލެއް ގެނައުމަށް ހަމަޖެހިފައި ނުވާވާހަކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.